އާޓިފިޝަލް ބީޗުގައި ހުންނަ ދޫނިކޮށްޓެއްގައި ދެ މީހަކު ބަންދުކުރި މައްސަލައެއް ބަލަނީ

އާޓިފިޝަލް ބީޗުގައި ހުންނަ ދޫނިކޮށްޓެއްގައި ދެ މީހަކު ބަންދުކުރި މައްސަލައެއް ބަލަނީ

Author
ޙަސަން މުޙައްމަދު
14 ޖުލައި 2024 12:09
0

މާލޭ އާޓިފިޝަލް ބީޗުގައި ހުންނަ ދޫނިކޮށްޓެއްގައި ދެ މީހަކު ބަންދުކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

މިހާރު ސޯޝަލް މީޑިއާގައި އާންމު ވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ދޫނި ކޮށީގައި ބަންދު ކުރީ ދެ ފިރިހެނެކެވެ. ދެމީހުންވެސް ތިބީ ޓީޝާޓެއް ނުވަތަ ގަމީހެއް ނުލައެވެ. އަދި ދެ ފިރިހެނުންނަކީވެސް ދިވެހިންކަމަށް ބެލެވޭއިރު، ކޮށީގެ އެތެރޭގައި ތިބި މީހުންނާއި ބޭރުގައި ތިބި މީހުން މުއާމަލާތް ކުރާމަންޒަރު ވީޑިއޯއިން ފެނެއެވެ.

އަދި ވީޑިއޯއިން ފެންނަ ގޮތުގައި ބޭރުގައި ތިބި މީހުން ދިޔައީ ކޮށީގެ އެތެރޭގައި ހައްޔަރު ކޮށްފައި ތިބި މީހުން ގަޔަށް ގެން ޖަހަމުންނެވެ.

ވީޑިއޯއިން އިވޭ ގޮތުގައި، ބަންދުކުރި މީހުންނާ ބޭރުގައި ތިބި މީހުންގެ މެދުގައި ފައިސާގެ މައްސަލަ ޖެހިގެން އުޅޭކަމަށް ބެލެވެއެވެ. އަދި އެތެރޭގައި ބަންދުކޮށްފައި ތިބި މީހުން ފައިސާ ދެއްކުމަށް ވަގުތުކޮޅެއް ދިނުމަށް އެދޭކަމަށް ބުނާ އަޑު އިވެއެވެ.

ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި އެމީހުން ކޮށްޓެއްގައި ބަންދުކުރީ ރެސްޓޯރަންޓެއްގެ ބިލަށް ފައިސާ ނުދައްކައިގެންނެވެ.

ފުލުހުން ބުނެގައިވަނީ އެ ވީޑިއޯ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެ މައްސަލަ ތަހުގީގުކރަމުންދާ ކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.