ވެރިރަށް މާލޭގައި ގްރޫޕް މާރާމާރީއެއް ހިންގި މައްސަލައަކާއި ގުޅިގެން ހައްޔަރުކުރި 5 މީހުންގެ ތެރެއިން 3 މީހަކު 5 ދުވަހަށް، ދެމީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.
މި މައްސަލާގައި ހައްޔަރު ކޮށްފައިވަނީ އުމުރުން 19 އަހަރުގެ މީހަކާއި 20 އަަހަރުގެ މީހަކާއި 23 އަަހަރުގެ މީހަކާއި 24 އަހަރުގެ ދެ މީހުންނެވެ.
މި މީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭގެ ތެރެއިން 3 މީހަކު 5 ދުވަހަށް އަދި ދެމީހުން ޝަރިއަތް ނިމެންދެން ބަންދުކުރުމަށް އަމުރު ކޮށްފައެވެ.
އެމީހުން ބަންދު ކޮށްފައިވަނީ ޖަމާއަތް ހަދައިގެން ތޫނު ހަތިޔާރާއި ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައެވެ.
މި މައްސަލައިގެ ބަންދު އަޑުއެހުމުގައި މައްސަލައިގެ ސީސީޓީވީ ފުޓޭޖާއި މާރާމާރީގައި އަނިޔާ ލިބުނު މީހާގެ ފޮޓޯތަކާއި ގުޅުންހުރި އެހެން ލިޔެކިޔުންތައް ވެސް ފުލުހުން ހުށަހަޅާފައިވެއެވެ.
މި ހެކިތަކަށް ރިއާޔަތްކޮށް ގާޒީ ނިންމެވީ ތުހުމަތެއް ވުޖޫދުވާ ވަރަށް ހެކި ހުށަހަޅާފައިވާ ކަމަށެވެ.
ކޮމެންޓު ފޮނުވާ