ޗައިނާއިން ހިންމަފުށީގެ މަގުބައްތި ޖަހައިދީފި

ޗައިނާއިން ހިންމަފުށީގެ މަގުބައްތި ޖަހައިދީފި

Author
ޙަސަން މުޙައްމަދު
10 ޖުލައި 2024 10:15
0

ހިލޭ އެހީގެ ގޮތުގައި، ޗައިނާއިން ހިންމަފުށީގައި 165 ސޯލާ މަގުބައްތި ހަރުކޮށް ދީފިއެވެ. މިމަގުބައްތިތައް ދިއްލަށް ފެށުމުގެ ގޮތުން އެރަށިގައިވަނީ ރަސްމިއްޔާތެއްވެސް ބާއްވާފައެވެ. މިރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ލޯކަލް ގަވަރމަނޓް މިނިސްޓަރ މިނިސްޓަރު އާދަމް ޝަރީފެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ އެ މަޝްރޫއުގެ ސަބަބުން ކާބަން ފުޑް ޕްރިންޓް ކުޑަ ކުރެވުމުގެ އިތުރުން ރައްކާތެރިކަމަށްވެސް އެ މަޝްރޫއަކީ ބޭނުންތެރި މަޝްރޫއެއް ކަމުގައެވެ.

ބައްތުތައް އިފްތިތާހުކުރުމަށް ބޭއްވުނު ރަސްމިއްޔާތުގައި ޗައިނާއިން ރާއްޖެއަށް ކަނޑައަޅައިފައި ހުންނާ ސަފީރު ވަން ލީޒިން ވެސް ބައިވެރިވެވަޑައިގަތެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.