"ބާބީ" އިނީ ބަލިވެ

"ބާބީ" އިނީ ބަލިވެ

Author
ފާތިމަތު ނާވީ
09 ޖުލައި 2024 03:53
0

ހޮލީވުޑްގެ މަޝްހޫރު ފިލްމް "ބާބީ" ގެ ޓައިޓްލް ރޯލު ކުޅުނު ބަތަލާ މާގޯޓް ރޮބީ އިނީ އަލަތު ދަރިފުޅަށް ބަލިވެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މީޑީއާއިން ވަނީ އޭނާ ބަނޑާއެކުގައި ފެންނަ ފޮޓޯ ތަކެއް ވެސް އާންމު ކޮށްފައިއެވެ. މަގެއްގެ މަތީގައި މަގޯ ހުރިއިރުގައި އޭނާގެ ބަނޑު ވަރަށް ބޮޑުކަން މި ފޮޓޯ ތަކުން ހާމަވެއެވެ.

މީގެ އިތުރުން މީޑިއާ ތަކުން ބުނަނީ އޮސްޓްރޭލިއާ އަށް އުފަން 34 އަހަރުގެ ބަތަލާ ބަލިވިިންކަން އިޓަލީ އަށް މިހާރު ކުރަމުން އަންނަ ޗުއްޓީ ދަތުރުގެ ތެރޭގައި ވެސް ހާމަކޮށްފައިވާ ކަމަށެވެ.

 

View this post on Instagram

 

A post shared by Margot Robbie (@margotrobbieess)

މާގޯގެ ފިރިމީހާ އަކީ އިނގިރޭސިވިލާތަށް ނިސްބަތްވާ ޕްރޮޑިއުސަރު ޓޮމް އެކަލީ، 34، އެވެ. އެ ދެ މީހުން ކައިވެނިކުރީ 2016 ގަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.