ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ނިހާދު އައްޔަން ކޮށްފި 

ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ނިހާދު އައްޔަން ކޮށްފި 

Author
ޙަސަން މުޙައްމަދު
08 ޖުލައި 2024 12:40
0

ރައްޔިތުންގެ މަޖިލިހުގެ އައްޑޫ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނިހާދަށް ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމަށް އައްޔަން ކޮށްފިއެވެ. އެގިފައިވާ ގޮތުގައި އޭނާ އެ މަގާމަށް އައްޔަން ކޮށްފައިވަނީ މި ހަފްތާގައެވެ.

ނިހާދު ޓުއަރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމަށް އައްޔަން ކުރުމާއެކު، އެ މިނިސްޓްރީގައި މިހާރު 3 ސްޓޭޓް މިނިސްޓަރަކު ތިއްބަވާނެ އެވެ. އެއީ ނިހާދުގެ އިތުރުން ހާރިޒް މުހައްމަދާއި އަހްމަދު ނާޒިމް މުހައްމަދެވެ.

ނިހާދު ފާއިތުވި މަޖިލިސް އިންތިޚާބުގައި ވާދަކޮށްފައި ނުވާއިރު، އެމްޑީޕީގައި ހުރުމަށްފަހު، ވެރިކަން ބަދަލުވުމާއެކު އެމްޑީޕީގެ 12 މެމްބަރަކާއެކު ނިހާދުވަނީ ޕީއެންސީއަށް ސޮއި ކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.