ދައުލަތުގެކަންކަން ހިންގަންނޭގިގެން ޤައުމު ބަނގުރޫޓުގެ މަގަށްފުރޮޅެންފެށީމައި ލާމަރުކަޒީ ނިޒާމު ނެތިކޮށްލުމަކީ ހައްލެއް ނޫންކަމުގައި އެމްޑީޕީގެ ރައީސް އަބުދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
މިރޭ ޕީއެންސީގެ ހަރުގޭގައި އޮތް ޖަގަހަ ޖަލްސާގައި ވާހަކަދައްކަވަމުން، ދައުލަތުގެ ޚަރަދު ކުޑަކުރުމުގެ ގޮތުން ކައުންސިލްތަކުގެ ސައިޒު ކުޑަކުރުމަށް ގާނޫނަށް އިސްލާހު ހުށަހަޅުއްވާނެކަމަށް ވިދާޅުވެ ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވަމުން ޝާހިދު ވިދާޅުވީ ލާމަރުކަޒީ ނިޒާމުގެ ޅަފަތުގައި، ރައްޔިތުންގެ ބާރު ކަނޑުވާލަން، އަނެއްކާވެސް ރަށްރަށުގެ ޢާންމުހާލަތު ސާފުނުވާ ބަޔަކު މާލޭގެ ފިނިކޮޓަރީގައި ތިބެގެން ރަށްރަށުގެ ކަންހިންގުމުގެ ބާރު އެފިނިކޮޓަރިއަށް ޖަމާކުރުމަށް އެއްބަހެއް ނުވެވޭނެ ކަމުގައެވެ.
ލާމަރުކަޒީ ނިޒާމުގެ ޅަފަތުގައި، ރައްޔިތުންގެ ބާރު ކަނޑުވާލަން، އަނެއްކާވެސް ރަށްރަށުގެ ޢާންމުހާލަތު ސާފުނުވާ ބަޔަކު މާލޭގެ ފިނިކޮޓަރީގައި ތިބެގެން ރަށްރަށުގެ ކަންހިންގުމުގެ ބާރު އެފިނިކޮޓަރިއަށް ޖަމާކުރުމަށް އެއްބަހެއް ނުވެވޭނެކަމުގައެވެ.
ލާމަރުކަޒީ ނިޒާމުގެ ޅަފަތުގައި، ރައްޔިތުންގެ ބާރު ކަނޑުވާލަން، އަނެއްކާވެސް ރަށްރަށުގެ ޢާންމުހާލަތު ސާފުނުވާ ބަޔަކު މާލޭގެ ފިނިކޮޓަރީގައި ތިބެގެން ރަށްރަށުގެ ކަންހިންގުމުގެ ބާރު އެފިނިކޮޓަރިއަށް ޖަމާކުރުމަށް އެއްބަހެއް ނުވެވޭނެ.
ދައުލަތުގެކަންކަން ހިންގަންނޭގިގެން ޤައުމު…
— Abdulla Shahid (@abdulla_shahid) July 7, 2024
މިރޭގެ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ރައްޔިތުންގެ މަޖިލީހާއި ކައުންސިލްތަކުގެ ސައިޒުވެސް ކުޑަކުރުމަށް ގާނޫނުތަކަށް އިސްލާ ހުށަޅުއްވާނެ ކަމުގައެވެ.
މިރޭގެ ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް އިތުރަށް ވިދާޅުވީ ކައުންސިލްތަކުގެ ސައިޒް ކުޑަކުރާއިރު އަތޮޅު ކައުންސިލްތައް އެކުލެވިގެންވާ ގޮތަށްވެސް ބަދަލުގެންނަން ޖެހޭކަމަށް ދެކެވަޑައިގަންނަވާ ކަމުގައެވެ.
ހަމައެއާއެކު، ރައްޔިތުންގެ މަޖިލިހުގެ ސައިޒު ބޮޑުވަމުންދާ ދިއުން ހުއްޓުވުމަކަށް ގެނައުމަށް ގާނޫނުތަކަށް އިސްލާހު ހުށަހަޅުއްވާއިރު، އެމަޖިލިސް އޮތުން އެންމެ ރަގަޅު ސައިޒަކީ އާ ގާނޫނުއަސާސީއާއެކު ގެނައިން މަޖިލިހުގެ ސައިޒުކަމަށް ދެކެވަޑައިގަންނަވާކަމަށްވެސް ރައީސް ވިދާޅުވިއެވެ. ރައީސް މުއިއްޒު ވިދާޅުވީ، އެއީ 77 މެމްބަރުން ނުވަތަ އެވަރުގެ ސައިޒެއްކަމުގައެވެ.
މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ރައްޔިތުންގެ މަޖިލިސް އިންތިޚާބާއި އަދި ރިޔާސީ އިންތިޚާބު އެކީ ބެއްވުމަށް ގާނޫނު އަސާސީއަށް ބަދަލު ގެނައުމަށްޓަކާ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަންޖެހޭނެ ކަމަށާއި، މިބަދަލު ގެނެވޭނީ ރައްޔިތުންގެ ރުހުން އޮވެގެން ކަމުގައެވެ. އަދި މި ބަދަލު ގެނައުމަށްވެސް ގާނޫނު އަސާސީއަށް އިސްލާހު ހުށަހަޅުއްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އެގޮތުނަ ރައީސް ވިދާޅުވީ މަޖިލިސް އިންތިޚާބަށް 120 މިލިއަން ރުފިޔާ ޚަރަދުވާއިރު ރިޔާސީ އިންތިޚާބަށް 180 މިލިއަން ރުފިޔާ ޚަރަދުވާ ކަމުގައެެވެ. އެގޮތުން މި ދެއިންތިޚާބު އެކީ ބޭއްވިއްޖެނަމަ، ދައުލަތަށް ވަރަށް ގިނަ ފައިސާ ސަލާމަތް ކުރެވޭނެކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް މުއިއްޒު ވިދާޅުވީ، މި ބަދަލުތައް މިއަހަރު ގާނޫނު އަސާސީއަށާއި ގާނޫނުތަކަށް ގެންނަވާނެ ކަމުގައެވެ.
ކޮމެންޓު ފޮނުވާ