ސަލްމާނާ އެކީ ރަޖްނީކާންތު

ސަލްމާނާ އެކީ ރަޖްނީކާންތު

Author
ފާތިމަތު ނާވީ
07 ޖުލައި 2024 03:38
0

ތަމަޅަ ޑައިރެކްޓަރު އެޓްލީ، ބޮލީވުޑްގެ ތަރި ސަލްމާން ޚާނާ އެކީ ހަދަން ޕްލޭންކޮށްފައިވާ ފިލްމުގެ ކާސްޓްގައި ރަޖްނީކާންތު ވެސް ހިމެނޭ ކަމަށް ރިޕޯޓް ތަށް ބުނެފިއެވެ.

މީޑިއާތަކުން ބުނީ އެކަމާ ބެހޭ ގޮތުން އެ ދެ މީހުން މަޝްވަރާތަކެއް ވެސް ކޮށްފައިވާ ކަމަށެވެ. އެގޮތުން ޕްލޭން ކުރަމުން އަންނަނީ އަންނަ އަހަރުގެ މެދުތެރޭގައި ފިލްމުގެ ޝޫޓިން ފެށުމަށް ކަމަށް މީޑިއާތަކުން ބުންޏެވެ. ނަމަވެސް މިއާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް އަދި ނުލިބެ އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ އެޓްލީގެ އަމާޒަކީ ވަރުގަދަ ދެ ސުޕަސްޓާރުން ހިމަނައިގެން ވަރަށް ވަރުގަދަ އެކްޝަން ފިލްމެއް ހެދުން ކަމަށެވެ. އެހެން ކަމުން މި ފިލްމް އަކީ ވަރުގަދަ އެކްޝަން ފިލްމް އަކަށް ވެގެން ދާނެއެވެ.

ސަލްމާން މިހާރު އަންނަނީ ތަމަޅަ ޑައިރެކްޓަރު މުރްގަދޯސްއާ އެކީ "ސިކަންދަރު" ގެ މަސައްކަތް ކުރަމުންނެވެ. މި މަހުގެ 18 ގައި ޝޫޓިން ފެށި މި ފިލްމު ސިނަމާތަކަށް ގެންނާނީ އަންނަ އަހަރުގެ ފިތުރު އީދުގަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.