ދިގުރަށުގައި ވިހާފައި އެއްލާލި ތުއްތު ކުއްޖާގެ ޑީއެންއޭ ރިޕޯޓް ހުށަހަޅަން ފަހު ފުރުސަތު ދީފި

ދިގުރަށުގައި ވިހާފައި އެއްލާލި ތުއްތު ކުއްޖާގެ ޑީއެންއޭ ރިޕޯޓް ހުށަހަޅަން ފަހު ފުރުސަތު ދީފި

Author
ހުސައިން
03 ޖުލައި 2024 01:35
0

ދިގުރަށުގައި ވިހާފައި އެއްލާލާފައި އޮއްވާ ފެނުނު ތުއްތު ކުއްޖާގެޑީއެންއޭ އަދިވެސް ނުލިބޭތީ ޑީއެންއޭ ރިޕޯޓް ރިޕޯޓް ހުށަހަޅަން ފަހު ފުރުސަތު ދީފި މިއަދު ކުރިމިނަލް ކޯޓުން ދީފިއެވެ.

އދ. ދިގުރަށުގައި ވިހާފައި ކުނިގޮނޑަށް އެއްލާލާފައި އޮއްވާ ފެނުނު ތުއްތު ކުއްޖާގެ މަރުގެ މައްސަލާގައި ޑީއެންއޭ ރިޕޯޓް ރިޕޯޓް ހުށަހަޅަން އެންމެ ފަހުގެ ފުރުސަތު ކްރިމިނަލް ކޯޓުން މިދިނީ އެ ރިޕޯޓް ލިބުން ލަސްވެގެން އެ ވާހަކަ ޝަރިއަތުގައި ދެއްކުމަށް ފަހުއެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ޑީއެންއޭ ރިޕޯޓާ ބެހޭގޮތުން ސުވާލު ކުރުމުން ދައުލަތުން ބުނީ އެ ރިޕޯޓް އަވަހަށް ހޯދަން ފުލުހުންގެ ކިބައިން އެދިފައިވާ ކަމަށެވެ. ނަމަވެސް މިހާތަނަށް އެ ރިޕޯޓް ނުލިބޭ ކަމަށް ދައުލަތުން ބުންޏެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ދިގުރަށުގައި ވިހެއުމަށް ފަހު، ކޮތަޅަކަށް ލާފައި އެ ރަށު ކުނިގޮނޑަށް އެއްލާލާފައި އޮއްވާ ފެނުނު މައްސަލާގައި ދައުލަތުން ދައުވާކުރަނީ ސްރީ ލަންކާގެ އަންހެނެއްގެ މައްޗަށެވެ. އޭނާގެ  މައްޗަށް ކުރަނީ އެނގި ހުރެ މީހަކު މެރުމުގެ ދައުވާ އާއި ކުޑަކުއްޖެއްގެ ސިއްހަތަށް އުނިކަން އަތުވެދާނެ ފަދަ އަމަލެއް ކުރުމުގެ ދައުވާ އެވެ.

އެ މައްސަލާގެ ޑީއެންއޭ ރިޕޯޓް ހުށަހަޅަން އެންމެ ފަހު ފުރުސަތު ދިން އިރު، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅު ތުއްތު ކުއްޖާގެ ހަށިގަނޑު އިންޑިއާ އަށް ގެންގޮސް ޕޯސްޓްމޯޓަމް ހެދުމަށް ފަހު ވަނީ ރާއްޖެ އަނބުރާ ގެނެސް ވަޅުލައިފަ އެވެ. އެ މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ، އެ ހާދިސާ ހިނގި ފަހުން ގާތްގަނޑަކަށް ހަ މަސް ދުވަސް ވެފައިވާއިރު، ދައުވާ ލިބޭ މީހާ އަދިވެސް ހުރީ ބަންދުގައި ކަމަށެވެ. ނަމަވެސް މައްސަލަ ކުރިއަށް ގެންދިއުމާ މެދު މަދަނީ މިންގަނޑުން ގޮތެއް ނިންމޭނީ ޑީއެންއޭ ރިޕޯޓް ލިބިގެން ކަމަށް ގާޒީ ވިދާޅުވި އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.