ޒިނޭގެ ކުށް ސާބިތުވެ، ދެމީހެއްގެ ގައިގައި ހައްދުޖަހަން ހުކުމް ކޮށްފި

ޒިނޭގެ ކުށް ސާބިތުވެ، ދެމީހެއްގެ ގައިގައި ހައްދުޖަހަން ހުކުމް ކޮށްފި

Author
ހުސައިން
03 ޖުލައި 2024 01:17
0

ޒިނޭގެ ކުށް ސާބިތުވި ދެމީހެއްގެ ގައިގައި ހައްދުޖަހަން ކުރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

ޒިނާގެ ދައުވާ ސާބިތުވި ދެމީހުންގެ މައްޗަށް ކުރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ، 100 އެތިފަހަރުން ޖަލްދު ކުރުމަށާއި 2 މަހާއި 12 ދުވަހުގެ މުއްދަތަކަށް ދެމީހުންވެސް ގޭގައި ބަންދު ކުރުމަށެވެ.

މިމައްސަލައިގެން ބާވަތުން، މައްސަލަ ނިންމި ގޮތުގެ ރިޕޯޓު އާންމު ކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް ދެމީހުންނަށްވެސް ދިން އަދަބު ހާމަކޮށްފައި ވެއެވެ.

ހައްދު ޖެހުމަށް ބޭނުންވާ ދޭވާނީއަކު ހޯދުމަށް ދާދިފަހުން ކުރިމިނަލް ކޯޓުންވަނީ އިއުލާން ކޮށްފައެވެ. އެއީ އެ ވަޒީފާގައި ކުރިން ހިރި މީހާ ވަޒީފާއިން ވަކިވުމުގެ ސަބަބުންނެވެ. އެކޯޓުން ބުނެފައިވަނީ ދޭވާނީއަކު ހޯދުމަށް އެ ކޯޓުން އިއުލާންކުރިނަމަވެސް، ހައްދު ޖަހާނީ މޯލްޑިވްސް ކަރެކްޝަންސް ސާވިސް އިން ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.