ސަނީއަށް ޓެލުގޫ ޑައިރެކްޓަރެއްގެ ފިލްމްއެއް

ސަނީއަށް ޓެލުގޫ ޑައިރެކްޓަރެއްގެ ފިލްމްއެއް

Author
ފާތިމަތު ނާވީ
06 ޖުލައި 2024 10:12
0

މިދިއަ އަހަރު އެންމެ ބޮޑު އާމްދަނީ އެއް ހޯދި އެއް ފިލްމް ކަމުގައިވާ "ގަދަރް 2″ އިން އަލުން ބޮލީވުޑަށް ނުކުމެފައިވާ ކުރީގެ މަޝްހޫރު އެކްޓަރު ސަނީ ޑިއޯލް ތެލެގޫ ޑައިރެކްޓަރެއްގެ ފިލްމަކަށް ސޮއިކޮށްފިއެވެ.

މި ފިލްމް އާއި ބެހޭގޮތުން އަދި މާބޮޑު ތަފްސީލެއް ހާމަ ކޮށްފައިއެއް ނުވެއެވެ. ސަނީ ވަނީ ސޯޝަލް މީޑިއާގައި މި ކަމާއި ގުޅޭ ގޮތުން ވާހަކަ ދައްކައިފައިއެވެ. ސޯޝަލް މީޑިއާގައި ސަނީ ފިލްމު ސިފަކޮށްފައި ވަނީ "އިންޑިއާގެ އެންމެ ވަރުގަދަ އެކްޝަން ފިލްމު" ގެ ގޮތުގަ އެވެ.

މި ފިލްމުގެ ޑައިރެކްޓަރަކީ ކާމިޔާބު ތެލެގޫ ފިލްމުތަކެއް ގެނެސްދިން ގޯޕީޗަންދު މަލިނޭނީ އެވެ. "ޑޮން ސީނޫ" އާއި "ވިނާ" އަދި "ކްރެކް" ފަދަ ފިލްމުތައް ގެނެސްދިން ޑައިރެކްޓަރުގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "ވީރާ ސިމްހާ ރެޑީ" އެވެ.

ސަނީ ދާދި ފަހުން ވަނީ ޑައިރެކްޓަރު ރާޖްކުމާރު ސަންތޯޝީގެ "ލާހޯރް، 1947″ ނިންމައިފަ އެވެ. އާމިރު ޚާން ޕްރޮޑިއުސްކޮށްފައިވާ ފިލްމު ސިނަމާތަކަށް ގެންނާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.