އެގްރިކަލްޗަރ ރިސަރޗް އެންޑް އެޑިއުކޭޝަންގެ އެއްބަސްވުމުގައި ސޮއިކޮށްފި

އެގްރިކަލްޗަރ ރިސަރޗް އެންޑް އެޑިއުކޭޝަންގެ އެއްބަސްވުމުގައި ސޮއިކޮށްފި

Author
ޙަސަން މުޙައްމަދު
03 ޖުލައި 2024 10:17
0

މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ އާއި މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ (އެމްއެންޔޫ) އާ ދެމެދު ދަނޑުވެރިކަމުގެ ދިރާސާތައް ކޮށް، ދަނޑުވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއިން ޓާޝަރީ ތަޢުލީމަށް ތައްޔާރުވުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްއެންޔޫގެ ވައިސް ޗާންސެލަރު ޑރ އައިޝަތު ޝެހެނާޒް އާއި މިނިސްޓަރު ޑރ.އައިޝަތު ރަމީލާ ވަނީ އެ މުއައްސަސާތަކުގެ ފަރާތުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ރަމީލާ ވަނީ މި އެއްބަސްވުމުގެ މައިގަނޑު މަގްސަދުތަކުގެ ތެރޭގައި ދިރާސާ ކުރުމުގެ ގާބިލްކަން އިތުރުކުރުމާއި ޝައުގުވެރިވާ ފަރާތްތަކަށް ތަމްރީނުގެ ފުރުސަތުތައް ފުޅާކުރުން ހިމެނޭކަމަށް ފާހަގަކުރައްވާފަ އެވެ. އެކަމަނާ ފާހަގަކުރެއްވި ގޮތުގައި މިނިސްޓްރީގެ ތެރޭގައި ގަވާއިދުން އަޕްޑޭޓް ކުރެވިފައިވާ ތަފާސް ހިސާބުތައް ނެތުމުގެ ސަބަބުން އެ މިނިސްޓްރީގެ ހިންގުމަށް ހުރަސްއެޅިފައިވާ ކަމަށާއި ހާއްސަކޮށް އެ މިނިސްޓްރީން މުހިންމު ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މިނިސްޓްރީގެ މަސައްކަތްތަކާ ގުޅުންހުރި ދާއިރާތަކުން އެކަށީގެންވާ ދިރާސާތަކެއް ނުކުރެވުމުގެ ސަބަބުން އެކި އެކި ހަރަކާތްތަކާއި ތަމްރީނު ޕްރޮގްރާމްތަކަށް ބޭނުންވާ ފައިސާ ހޯދުމުގެ ގާބިލުކަމަށް ވެސް ހުރަސް އެޅިފައިވާ ކަމަށެވެ.

އެކަމަނާ ވިދާޅުވީ ޕެސްޓިސައިޑް ބޭނުންކުރުމުގެ ސަބަބުން ބިމަށް ލިބޭ ގެއްލުމާއި ދަނޑުވެރިކަމުގެ ކަންކަމުގައި ބިމުގެ ހާލަތު އެނަލައިޒް ކުރަން ޖެހޭ ކަމަށެވެ. މީގެ އިތުރުން، ދަނޑުވެރިކަމުގެ ތެރެއަށް ޓެކްނޮލޮޖީ ގެނައުމުގައި އަންނަން އޮތް ޖީލުތަކުގެ މެދުގައި އިތުބާރު އިތުރުކުރުމުގެ މުހިންމުކަމުގެ މައްޗަށް ވެސް އެކަމަނާ އަލިއަޅުއްވާލެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.