"ކަކުޑާ" ޖުލައި 12 ގައި

"ކަކުޑާ" ޖުލައި 12 ގައި

Author
ފާތިމަތު ނާވީ
03 ޖުލައި 2024 10:11
0

ބޮލީވުޑްގެ ބަތަލާ ސޮނާކްޝީ ސިންހާގެ ފުރަތަމަ ހޮރޯ-ކޮމެޑީ "ކަކުޑާ" އަންނަ މަހުގެ 12 ގައި ގެނެސްދޭން ނިންމައިފިއެވެ.

މި ފިލްމް ވެގެން ދާނީ "ހީރަމަންޑީ" އަށް ފަހު ސޮނާކްޝީ ފެނިގެންދާ ފުރަތަމަ ފިލްމަށެވެ. "ކަކުޑާ" ގެ ޕޯސްޓަރުގައި ސޮނާކްޝީ ފެނިގެންދަނީ އަނދިރިތަނެއްގެ ތެރޭގައި ހުޅު ރޯކޮށްފައިވާ އެއްޗެއް ހިފައިގެން ވަރަށް ބިރުން ހުންނަ މަންޒަރެވެ.  ސިނަމާތަކުގެ ބަދަލުގައި މި ފިލްމު ބެލުންތެރިންނަށް ދޫކޮޮށްލަން ހަމަޖެހިފައި ވަނީ ޒީ5 އިން ޑިޖިޓަލް ޕްރީމިއާއެއްގެ ގޮތުގަ އެވެ.

 

View this post on Instagram

 

A post shared by Sonakshi Sinha (@aslisona)

މި މަހުގެ 7 ގައި ރިލީޒްކޮށް ބޮކްސް އޮފީހުގައި ވަރުގަދަ ވިޔަފާރިއެއް ކުރި ހޮރޯ-ކޮމެޑީ "މުންޖިއާ" ގެ ޑައިރެކްޓަރު އަދިތިޔާ ސަރްޕޯޓްދަރު ޑައިރެކްޓްކޮށްފައިވާ "ކަކުޑާ" އިން ސޮނާކްޝީއާ އެކީ ފެންނާނެ ތަރިންގެ ތެރޭގައި ރިތޭޝް ދޭޝްމިކާއޮ ސާގިގް ސަލީމްގެ އިތުރުން އާސިފު ޚާން ހިމެނެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.