ސޮނާކްޝީގެ "ކަކުޑާ" ގެ ޕޯސްޓަރު ތަކެއް ދައްކައިލައިފި

ސޮނާކްޝީގެ "ކަކުޑާ" ގެ ޕޯސްޓަރު ތަކެއް ދައްކައިލައިފި

Author
ފާތިމަތު ނާވީ
03 ޖުލައި 2024 11:42
0

ބަތަލާ ސޮނާކްޝީ ސިންހާގެ ފުރަތަމަ ހޮރޯ-ކޮމެޑީ "ކަކުޑާ" ގެ ޕޯސްޓްރުތަކެއް އާންމުކޮށްފި އެވެ.

މި ފިލްމް ވެގެން ދާނީ "ހީރަމަންޑީ" އަށް ފަހު ސޮނާކްޝީ ފެނިގެންދާ ފުރަތަމަ ފިލްމަށެވެ. "ކަކުޑާ" ގެ ޕޯސްޓަރުގައި ސޮނާކްޝީ ފެނިގެންދަނީ އަނދިރިތަނެއްގެ ތެރޭގައި ހުޅު ރޯކޮށްފައިވާ އެއްޗެއް ހިފައިގެން ވަރަށް ބިރުން ހުންނަ މަންޒަރެވެ.  ސިނަމާތަކުގެ ބަދަލުގައި މި ފިލްމު ބެލުންތެރިންނަށް ދޫކޮޮށްލަން ހަމަޖެހިފައި ވަނީ ޒީ5 އިން ޑިޖިޓަލް ޕްރީމިއާއެއްގެ ގޮތުގަ އެވެ.

 

View this post on Instagram

 

A post shared by Sonakshi Sinha (@aslisona)

މި މަހުގެ 7 ގައި ރިލީޒްކޮށް ބޮކްސް އޮފީހުގައި ވަރުގަދަ ވިޔަފާރިއެއް ކުރި ހޮރޯ-ކޮމެޑީ "މުންޖިއާ" ގެ ޑައިރެކްޓަރު އަދިތިޔާ ސަރްޕޯޓްދަރު ޑައިރެކްޓްކޮށްފައިވާ "ކަކުޑާ" އިން ސޮނާކްޝީއާ އެކީ ފެންނާނެ ތަރިންގެ ތެރޭގައި ރިތޭޝް ދޭޝްމިކާއޮ ސާގިގް ސަލީމްގެ އިތުރުން އާސިފު ޚާން ހިމެނެ އެވެ.

"ކަކުޑާ" އަކީ ކައިވެންޏަށް ފަހު ބެލުންތެރިންނާ ހަމައަށް އަންނަ ސޮނާކްޝީގެ ފުރަތަމަ ފިލްމެވެ. އޭނަ އާއި އެކްޓަރު ޒަހީރު އިގްބާލް ކައިވެނިކުރީ މި މަހުގެ 23 ގަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.