ކަބީރު ގެ ފިލްމް އެއް ރިތިކް އަށް

ކަބީރު ގެ ފިލްމް އެއް ރިތިކް އަށް

Author
ފާތިމަތު ނާވީ
02 ޖުލައި 2024 02:15
0

މަޝްހޫރު ފިލްމް ތަކެއް ގެނެސްދީފައިވާ ޑައިރެކްޓަރު ކަބީރު ހާން ދެން ހަދާ ފިލްމްގެ ލީޑުން ފެނިގެންދާނީ ރިތިކް ރޯޝަން ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ސިނަމާތަކުގައި މިހާރު ދައްކަމުން އަންނަ ކާތިކް އާރިއަންގެ "ޗަންދޫ ޗެމްޕިއަން" ޑައިރެކްޓަރަކީ ބައޯ ޕިކް ތަށް ގެނެސްދިނުމުގައި މަޝްހޫރު ޑައިރެކްޓަރެކެވެ. އޭނާ ވަނީ މަޝްހޫރު ތަރިންނާއި އެކުގައި މަސައްކަތް ކޮށްފައިއެވެ.

 

View this post on Instagram

 

A post shared by Hrithik Roshan (@hrithikroshan)

ބައެއް ނޫސްތަކުން ބުނާ ގޮތުން އެ ދެ މީހުން މި ފަހުން އެކި ފަހަރު މަތިން ވަރަށް ގިނައިން ބައްދަލުކޮށް މަޝަވަރާތަކެއް ވެސް ކޮށްފައިވެއެވެ. އެހެންވެ އަންނަ އަހަރުގެ ތެރޭގައި ތުރިލާއެއްގެ މަސައްކަތް ފެށުމަށް ޕްލޭން ކުރަމުން އަންނަ ކަމަށް ބުންޏެވެ.

ނަމަވެސް މި ކަމާއި ބެހޭގޮތުން މިހާތަނަށް އަދި އެއްވެސް ރަސްމީ ފަރާތަކުން އެއްޗެއް ބުނެފައިއެއް ނުވެއެވެ. އެހެން ކަމުން މި ދެމީހުން އެކުގައި ފިލްމްގެ މަސަައްކަތް ކުރަމުން އަންނަ ކަމަށް ނިންމުން އަދި މާ އަވަސް ކަމަށް ގަބޫލު ކުރެވެއެވެ.

 

View this post on Instagram

 

A post shared by Samantha (@samantharuthprabhuoffl)

ކަބީރަކީ "އޭކް ތަ ޓައިގާ" އާއި "ބަޖްރަންގީ ބައިޖާން" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން ޑައިރެކްޓަރެވެ. ރިތިކް މިހާރު އަންނަނީ އަންނަ އަހަރުގެ ޖެނުއަރީގައި ރިލީޒްކުރަން އަމާޒު ހިފާފައިވާ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ "ވޯ 2″ ގެ މަސައްކަތް ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.