ޝާހުރުކް އާއި ސަމަންތާ އަށް ހިރާނީ ގެ ފިލްމްއެއް

ޝާހުރުކް އާއި ސަމަންތާ އަށް ހިރާނީ ގެ ފިލްމްއެއް

Author
ފާތިމަތު ނާވީ
02 ޖުލައި 2024 09:57
0

ބޮލީވުޑްގެ ސްޕަސްޓާރު ޝާހުރުކް ހާން އާއި ސައުތުގެ ރީތި ބަތަލާ ސަމަންތާ ރޫތު ޕްރަބޫ ހިމަނައިގެން ފިލްމެއް ހަދަން ޑައިރެކްޓަރު ރާޖްކުމާރު ހިރާނީ ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ނަމަވެސް މި ފިލްމް އާއި ބެހޭ ގޮތުން އެއްވެސް އެއްޗެއް ރަސްމީ ފަރާތަކުން އަދި އިއުލާން ކޮށްފައިއެއް ނުވެއެވެ. މި ދެތަރިންނާއި އެކުގައި ފިލްމް އެއް ހިރާނީ ހަދާން އުޅޭ ކަމަށް އިއުލާން ކުރި އިރުގައި ހިރާނީ ވަނީ މި ފަހުން ޝާހު އާއި އެކުގައި ފިލްމްއެއް ގެނެސްދީފައިއެވެ.

 

View this post on Instagram

 

A post shared by Shah Rukh Khan (@iamsrk)

ހިރާނީގެ އެންމެ ފަހުގެ ފިލްމަކީ ޝާހްރުކާއި ތާޕްސީ ޕައްނޫއާ އެކީ މިދިޔަ އަހަރު ގެނެސްދިން "ޑަންކީ" އެވެ. މި ފިލްމުގެ ފަހުން އޭނަ ދެން ހަދާނެ ފިލްމަކާ ބެހޭ އެއްވެސް ވާހަކައެއް މިހާތަނަށް ހިއްސާކޮށްފައެއް ނުވެ އެވެ.

ޝާހު އާއި އެކުގައި ސަަމަންތާ ފިލްމް އެއް ހަދައިފި ނަމަ މި ފިލްމް ވެގެންދާނީ މި ދެތަރިން އެކުގައި ފެނިގެންދާނެ އަލަތު ފިލްމް އަށެވެ. ސައުތުގައި މަގުބޫލު ބަތަލާ މީގެ ކުރިން ބައެއް ހިއްދީ ފިލްމް ތަކުން ވަނީ ފެނިގެން ގޮސްފައިއެވެ.

 

View this post on Instagram

 

A post shared by Samantha (@samantharuthprabhuoffl)

ހިރާނީ އަކީ "މުންނާބާއީ އެމްބީބިއެސް" އާއި "3 އިޑިއަޓްސް" އާއި "ޕީކޭ" އަދި "ސަންޖޫ" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން ޑައިރެކްޓަރެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.