ބޮލީވުޑުން ފުރުސަތު ލިބުނީ ޕްރިތީއާ ވައްތަރުކަމުން

ބޮލީވުޑުން ފުރުސަތު ލިބުނީ ޕްރިތީއާ ވައްތަރުކަމުން

Author
ފާތިމަތު ނާވީ
30 ޖޫން 2024 01:35
0

ބޮލީވުޑްއިން ފުރުސަތު ލިބުނީ ބަތަލާ ޕްރިތީ ޒިންތާ އާއި ވައްތަރު ކަމުން ކަމަށް ބަތަލާ ތާޕްސީ ޕަންނޫ ބުނެފިއެވެ.

ޝޯވ އެއްގައި ވާހަކަ ދައްކަމުން 36 އަހަރުގެ ބަތަލާ ބުނީ އޭނަ ޕްރިތީއާ ވައްތަރު ކަމަށް ވަރަށް ގިނަ ބަޔަކު ގަބޫލުކުރާ ކަމަށާއި އަމިއްލަ އަށް ވެސް ޕްރިތީއާ ވައްތަރު ގޮތެއް ހުންނަ ކަމަށް ގަބޫލު ކުރެވޭ ކަމަށް ބުންޏެވެ.

މިވާހަކަ އާއި އެކުގައި ސޯޝަލް މީޑިއާގައި ވަނީއޭނާ އާއި ޕްރިތީ އަޅާ ކިޔައި ފޮޓޯ އާއި ވީޑީއޯ ފަދަ އެއްޗެހި ހަދަން ފަށައިފައިއެވެ. އެއްބަޔަކު މިކަމަށް އެއްބަސް ވާއިރުގައި މިކަމާއި ދެކޮޅަށް ވާހަކަ ދައްކާ މީހުންވެސް ސޯޝަލް މީޑީއާގައި އެބައުޅެއެވެ.

 

View this post on Instagram

 

A post shared by Taapsee Pannu (@taapsee)

ތާޕްސީ ބޮލީވުޑް އަށްނުކުމެފައިވަނީ ޑައިރެކްޓަރު ޑޭވިޑް ދަވަންގެ 2013 ގެ "ޗަޝްމޭ ބައްދޫ" އިންނެވެ. އޭނާ ވަނީ މިހާތަނަށް ކާމިޔާބު ފިލްމް ތަކެއް ވެސް ކުޅެފައިއެވެ. އޭގެ ކުރިން އޭނަ މުޅިން ވެސް މަސައްކަތް ކުރަމުން އިންޑިއާގެ ދެކުނުގެ ފިލްމުތަކުގަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.