2019 ވަނަ އަހަރު ބޮލީވުޑްގެ ނުފޫޒު ގަދަ ޑައިރެކްޓަރު ކަރަން ޖޯހަރު ގެނެސްދިން ކާމިޔާބު ފިލްމް "ގުޑް ނިއުސް" އަށް ފަހުގައި، ގެނެސްދޭ "ބޭޑް ނިއުސް" ގެ ޓްރެއިލާ ދައްކައިލައިފިއެވެ.
ކަރަން ގެ ދަރްމާ ޕްރޮޑަކްޝަން އިން ގެނެސްދޭ މި ފިލްމްގެ ޕޯސްޓަރު ތަކެއް އާންމު ކުރަމުން ބުނެފައި ވަނީ ބެލުންތެރިން އިންތިޒާރު ކުރަމުން ގެންދުމަށެވެ. މި ފިލްމް ވަރަށް އަވަހަށް ބެލުންތެރިންނަށް ގެެނެސްދޭނެއެވެ.
ދެހާސް ބާވީހުގެ ތެރޭގައި ޝޫޓިން ނިންމާފައި އޮތް ފިލްމަށް ކުރިން ކިޔަން ނިންމާފައި އޮތް ފިލްމްގެ ކާސްޓްގައި ވިކީ ކޯޝަލާއި ޓްރިޕްތީ ދިމްރީގެ އިތުރުން އައްމީ ވާކް ހިމެނެއެވެ. މީގެ އިތުރުން ފިލްމުގެ ވަރަށް ހާއްސަ ރޯލަކުން ނޭހާ ދޫޕިއާ ވެސް ފެނިގެން ދާނެ އެވެ.
މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ބޭޑް ނިއުސް" ސިނަމާތަކަށް ގެންނަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 19 ގަ އެވެ. މި އަހަރު ދަރްމާ އިން ވަނީ ގެެނެސްދިނުމަށް ގިނަ ފިލްމް ތަކެއް ތާވަލު ކޮށްފައިއެވެ. އަދި ހަމަ އެއާއި އެކީ އަރަމުން އަންނަ ޒުވާން ތަރިންނަށް އެ ޕްރޮޑަކްޝަން ހައުސް އިން ފުރުސަތު އަންނަނީ ލިބެމުންނެވެ.
ކޮމެންޓު ފޮނުވާ