ޖަލަށް މަނާތަކެތި ވައްދަމުންދިޔަ ކަރެކްޝަންސްގެ 18 މުވައްޒަފެއްގެ އެކައުންޓްތަކުގައި 73 މިލިޔަން ރުފިޔާ

ޖަލަށް މަނާތަކެތި ވައްދަމުންދިޔަ ކަރެކްޝަންސްގެ 18 މުވައްޒަފެއްގެ އެކައުންޓްތަކުގައި 73 މިލިޔަން ރުފިޔާ

Author
ހުސައިން
28 ޖޫން 2024 01:26
0

ޖަލަށް މަނާތަކެތި ވައްދަމުންދިޔަ ކަރެކްޝަންސްގެ 18 މުވައްޒަފެއްގެ އެކައުންޓްތަކުގައި 73 މިލިޔަން ރުފިޔާ ފުލުހުން މިރޭ ވިދާޅުވެއްޖެއެވެ.

ފުލުހުންގެ ފަރާތުން މިރޭ ކުރިއަށް ގެންދިޔަ ޕްރެސް ކޮންފަރެންސްގައި މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، މާފުށީ ޖަލަށް މަސްތުވާތަކެއްޗާއި ފޯނު ވެއްދުމުގައި ކަރެކްޝަންސްގެ އޮފިސަރުންތަކެއް ބައިވެރިވާ ކަމަށް ތުހުމަތުކުރެވިފައި ވާކަމުގައެވެ. އެ ތުހުމަތުތަކާއެކު، މިރޭ އެ ޖަލުގައި ކުރިޔަށް ގެންދިޔަ ޚާއްސަ އޮޕަރޭޝަންގައި 18 މުވައްޒަފެއްގެ މައްސަލަ ބަލަމުން އަންނަކަމަށް އޭނާ ވިދާޅުވިއެވެ.

މިރޭގެ ޕްރެސް ކޮންފަރެންސްގައި، އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުالله ޝަރީފު ވިދާޅުވީ ކަރެކްޝަންސްގެ 18 މުވައްޒަފެއްގެ އެކައުންޓްތަކަށް 73 މިލިޔަން ރުފިޔާ، ޖަމާކޮށްފައިވާ ކަމަށާއި، ފުލުހުން މިރޭ އެމީހުން ހައްޔަރުކުރަން ފަށާފައިވާ ކަމުގައެވެ.

އާދަޔާ ޚިލާފަށް އެ އޮފިސަރުންގެ އެކައުންޓަށް ފައިސާ ޖަމާވެފައިވޭ. އެގޮތުން 24 މިލިއަން ރުފިޔާއިން ބައެއް އޮފިސަރުންގެ އެކައުންޓުތަކަށް ޖަމާވެފައިވާއިރު 2023 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިހާތަނަށް 18 އޮފިސަރުންގެ އެކައުންޓަށް ޖުމްލަ 73.6 މިލިއަން ރުފިޔާ ޖަމާވެފައިވޭ. މި ފައިސާ އެކައުންޓަތަކަށް ޖަމާވެފައިވަނީ ކުށުގެ ވެށީގައި ހިމެނޭ މީހުންނާއި ޖަލުގައި ތިބި ކުށްވެރިންނާއި ޖަލުގައި ހުކުމް ތަންފީޒުކޮށްފައިވާ މީހުންގެ އެކައުންޓްތަކުންކަން ފާހަގަކުރެވޭ. މި އޮޕަރޭޝަން ކުރިއަށްދާތީ އެންމެ ފުރިހަމަ މަޢުލޫމާތުތައް އަދި ހާމަކުރެވެން ނެތް ނަމަވެސް ކުރިއަށް ހުރި ވަގުތުތަކުގައި މަޢުލޫމާތު ލިބޭވަރަކުން މިމައްސަލައިގެ މަޢުލޫމާތުތައް މީޑިއާތަކަށް ހާމަކުރާނަން.

ޝަރީފް ވިދާޅުވިއެވެ.

ޝަރީފް އިތުރަށް ވިދާޅުވީ ކަރެކްޝަންސް ބައެއް މުވައްޒަފުންގެ އެކައުންޓްތަކަށް ޖުމުލަ 73،600،000 ރ. ޖަމާވެފައިވާކަމަށެވެ. އަދި އެ ފައިސާއަކީ، 2023 ގެ ޖެނުއަރީ މަހުން ފެށިގެން މިހާތަނަށް ޖަމާވެފައި ހުރި ފައިސާކަން އެނގިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މި މައްސަލައާއި ގުޅިގެން މާފުށީ ޖަލުގައި މިހާރު ކުރިއަށް ގެންދާ އޮޕެރޭޝަނުގެ ދަށުން މިހާރުވެސް ބައެއް މުވައްޒަފުން ހައްޔަރު ކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.