ފުވައްމުލައް ސިޓީ - ފޮޓޯ: ވިޒިޓް ފުވައްމުލައް

ފުވައްމުލަކުގައި ހިންގި ޑްރަގް އޮޕަރޭޝަނެއްގައި 14 މީހަކު ހައްޔަރުކޮށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފި

ފުވައްމުލަކުގައި ހިންގި ޑްރަގް އޮޕަރޭޝަނެއްގައި 14 މީހަކު ހައްޔަރުކޮށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފި

ގުޅުންހުރި

ފުވައްމުލައް ސިޓީއަކީ މަސްތުވާތަކެތިން ރައްކާތެރި ސިޓީއަކަށް ހެދުމަށްޓަކައި "ވެށި ރައްކަލް" ގެ ނަމުގައި ފުލުހުން ހިންގަމުންދާ އޮޕަރޭޝަންގައި 14 މީހަކު ހައްޔަރުކޮށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

ފުލުހުން ބުނީ މި އޮޕްރޭޝަންއަކީ މެއި 1 ވަނަ ދުވަހުން ފެށިގެން ފުވައްމުލަކުގައި ފުލުހުން ކުރިއަށް ގެންދާ އެ އޮޕަރޭޝަނެއް ކަމުގައެވެ. އަދި މި އޮޕްރޭޝަންގައި އެ ސިޓީއަށް މަސްތުވާތަކެތި އެތެރެކޮށް، ވިއްކައި، ވިޔަފާރިކުރާ ފަރާތްތައް ހޯދައި ރަށުގެ އެކި ސަރަހައްދުތަކާއި ގޭބިސީތައް ބަލައިފާސްކުރަމުން ގެންދާ ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ، މި އޮޕަރޭޝަނުގައި މިހާތަނަށް 14 މީހުން ހައްޔަރުކޮށްފައިވާއިރު 760.45 ގްރާމުގެ މަސްތުވާތަކެތި ހޯދާފައިވާ ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ. އަދި މައްސަލަތަކާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށުގައި މިވަގުތުތިބީ ފަސް މީހުންކަމަށް ފުލުހުން ބުނެފައިވެއެވެ.

މި އޮޕަރޭޝަން ކުރިޔަށް ދަނިކޮށް، މަސްތުވާތަކެތީގެ ތުހުމަތުގައި އަންގާރަ ދުވަހުގެ ރޭ ބަޔަކު ހައްޔަރުކުރަން އުޅުމުން ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅައި އަދި ޕޮލިސް ސްޓޭޝަން ދޮށަށް އެއްވެ މާރާމާރީ ހިންގަން އުޅުނު ބަޔަކުވެސް ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ