ޕީޕީއެމް ޕީއެންސީގެ މެމްބަރުން ކުރިން ތިބީ ޝައްކެއްގެ މަތީގައި ކަމަށާއި، ކުރިން އަންނަމުންދިޔަ ނޯޓުތައް އައު ދެން ނިމުމަކަށް އައީ ދިއްދޫ ދާއިރާގެ މެންބަރު އަބުދުއްލަތީފް މުހައްމަދު ރޭ ވިދާޅުވެއްޖެއެވެ.
ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޖަގަހަ ޖަލްސާތައް ރޭ ފަށާފައިވާއިރު، ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ލަތީފް ވިދާޅުވީ މިހާރި ބިރު ފިލާ ހިނގައްޖެކަމަށާއި، ކުރިންތިބީ ޝައްކެތްމަތީގައި ކަމުގައެވެ.
އޭގެ ސަބަބެއްކަމުގައި ލަތީފް ވިދާޅިވީ ދެއްކޭ ވާހަކަ އަކީ ރަނގަޅު ވާހަކައެއްތޯ، ކުރެވެނީ ރަނގަޅު ކަމެއްތޯ ނޯޓަކުން ސުވާލު އައިސްފާނެތީ ކަމުގައެވެ. އަދި ކުރިން ތިބީ ދެކެވޭ ވާހަކައަކންު މާދަމާ އިންޒާރެއް ނާންނާނެކަމެއް ބިރުންކަމަށް ވިދާޅުވަމުން ލަތީފް ވިދާޅުވީ އެސުވާލުތައް ދެން ނާންނާނެކަމުގެ ޔަގީންކަން މިހާރު އޮތް ކަމުގައެވެ. އެގޮތުން މިހާރު ޝަކުވާ ކުރާނެ މީހެއް ނެތްކަމަށާއި، މައްސަލައެއް ނުޖައްސާނެ ކަމަށާއި، ކުރިން އަންނަމުންދިޔަ ނޯޓުތައް ދެން ދެނެއްނާންނެ ކަމުގައި ލަތީފް ވިދާޅުވިއެވެ.
’ބިރު ފިލާ ހިނގައްޖެ މިހާރު، ކުރިންތިބީ ޝައްކެތްމަތީގައި، ކުރިންނަމަ މި ދެއްކޭ ވާހަކަ އަކީ ރަނގަޅު ވާހަކައެއްތޯ، މިކުރެވެނީ ރަނގަޅު ކަމެއްތޯ ސުވާލު އަންނާނެތީ، މާދަމާ އަޅުގަނޑުމެންނަށް އިންޒާރެއް ނާންނާނެ، އެއީ ކާކު ބުނިގެން ބުނިއެއްޗެއްތޯ އެ ސުވާލެއް ދެނެއް ނާންނާނެ، އިތުބާރާއި ޔަގީންކަން އެބައޮތް، ޝަކުވާއެއް ނުކުރާނެ، މައްސަލައެއް ނުޖައްސާނެ، އަޅުގަނޑުމެންނަށް އަންނަ ނޯޓެއް ދެނެއްނާންނާނެ، ނޯޓު ނިމުނީ އެ ހިސާބުން.
ލަތީފް ވިދާޅުވިއެވެ.
ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަން ފައްޓަވަމުން ލަތީފް ވިދާޅުވީ ޕޯޑިއަމަށް އެރުމުން ވަރަށް ފިނޮވާކަމަށެވެ. އެގޮތުން ޕޯޑިއަމްގައި ހުންނަންވީ "ދެ ޖީބަތް އަތް ޖަހައިގެންކަމެއް، އެއްފައި މައްޗަށް ކަމެއް ނޫނީ ޕޯޑިއަމްގައި އެއް އަތްޅައިގެން ކަމެއް އެނގިވަޑައި ނުގަންނަވާ ކަމަށެވެ.
ބެލެވޭ ގޮތުގައި ލަތީފް މިހެން ވިދާޅުވީ ޖީބަށް އަތް ޖައްސަވައިގެން ރައީސް ޔާމިން ވާހަކަ ދައްކަވަން ހުންނަވާ ހުންވުމަށް ނިސްބަތް ކޮށެވެ.
ރޭގެ ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން ލަތީފް ވިދާޅުވީ، މިހާރު ކުރަމުންދަނީ އަމިއްލަ ވެރިކަމެއް ކަމަށާއި، މީގެ ކުރީން 2013 އިން 2018 އަށް ވެސް ޕީޕީއެމްގެ ވެރިކަމެއްކުރި ކަމަށާއި، މި ވެރިކަން އެ ވެރިކަމަށްވުރެ މާ އުފާވެރި، މާ ހިތްހަމަޖެހުން ލިބޭނެ ކަމަށެވެ.