"އިމަޖެންސީ" ސެޕްޓެމްބަރު 6 ގައި

"އިމަޖެންސީ" ސެޕްޓެމްބަރު 6 ގައި

ގުޅުންހުރި

ކަންގަނާ ރަނާވަތު ޑައިރެކްޓްކޮށް، ކުޅުނު ފިލްމު "އިމަޖެންސީ" މި އަހަރުގެ ސެޕްޓެމްބަރުގައި ގެނެސްދޭން ނިންމައިފި އެވެ.

ފިލްމުގެ އާ ޕޯސްޓަރަކާ އެކީ މިއަދު ބުނީ ބެލުންތެރިންނަށް ފިލްމު ދޫކޮށްލަން ނިންމާފައީ ވަނީ ސެޕްޓެމްބަރު 6 ގައި ކަމަށެވެ. ކުރިން "އިމަޖެންސީ" ރިލީޒްކުރަން އޮތީ މި މަހުގެ 14 ގަ އެވެ.

އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ، ލޯކް ސަބާ އަށް އިންތިހާބުވެފައިވާ ބަތަލާ ފިލްމް ލަސްކުރީ ވެސް އެ ސަބަބާއި ހެދިއެވެ. އެދުވަސް ވަރު އޭނާ ގެންދިއައީ ވަރަށް ބިޒީކޮށް ކެމްޕެއިން ކުރަމުންނެވެ. މިހާރު ގޮޑި ކާމިޔާބު ވުމާއި އެކުގައި އޭނާ ފިލްމް ރިލީޒް ކުރަން މިވަނީ ނިންމައިފައިއެވެ.

 

View this post on Instagram

 

A post shared by Kangana Ranaut (@kanganaranaut)

މި ފިލްމް އަކީ "ޕީރިއަޑް ޕޮލިޓިކަލް" ޑްރާމާއެކެވެ.  އޭނާ ފެނިގެންދާނީ އިންޑިއާގެ ކުރީގެ ބޮޑުވަޒީރު އިންދިރާ ގާންދީގެ ރޯލުންނެވެ. މިހާރު މި ފިލްމްގެ ތަރިންގެ ފަސްޓު ލުކް ޕޯސްތަރުތަށް ވެސް ވަނީ ދައްކައިލައިފައިއެވެ. މީގެ ކުރިންވެސް ފިލްމް ރިލީޒް ކުރާ ދުވަހަސް ވަނީ ދެފަރެއްގެ މަތިން ބަދލުކޮށްފައިއެވެ.

"އިމަޖެންސީ" އަކީ ކަންގަނާގެ ޕްރޮޑަކްޝަން ހައުސް، މަނިކަރްނިކާގެ ދަށުން އޭނާ ޕްރޮޑިއުސްކޮށް އަދި ޑައިރެކްޓުވެސް ކުރާ ފިލްމެކެވެ. މިއީ ކަންގަނާގެ ދެވަނަ ޑައިރެކްޝަނަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *