އައްޑޫ ސިޓީން މޫދުގައި މަރުވެފައި އޮތް ބިދޭސީއަކު ފެނިއްޖެ

އައްޑޫ ސިޓީން މޫދުގައި މަރުވެފައި އޮތް ބިދޭސީއަކު ފެނިއްޖެ

Author
ހުސައިން
26 ޖޫން 2024 10:37
0

އައްޑޫ ސިޓީން މޫދުގައި މަރުވެފައި އޮތް ބިދޭސީއަކު ފެނިއްޖެއެވެ.

އެނގިފައިވާ ގޮތުގައި މޫދުގައި މަރުވެފައި އޮއްވާ ފެނިފައިވަނީ ފޭދޫއިން ގެއްލިގެން ހޯދަމުންދިޔަ މީހެކެވެ. އަދި އެއީ އެ ރަށު ގަރާޖެއްގައި މަސައްކަތްކުރަމުން ދިޔަ ނޭޕާލުގެ ފިރިހެނެއްކަމަށްވެސް އެނގިފައި ވެއެވެ.

ފުލުހުން ބުނެފައިވަނީ އައްޑޫ ސިޓީ ފޭދޫގައި މިއަދު ހެނދުނު ކުނި އުކާލަން ދިޔަ ބިދޭސީއެއްގެ ހަބަރެއް ނުވެގެން ހޯދަމުން ދަނިކޮށް މިއަދު 9:40 ހާއިރު މޫދުގައި އޮއްވާ ފެނިފައިވާކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށެވެ.

އަދި އެރަށު ސިއްޙީ މަރުކަޒާ ހަވާލާދީ ފުލުހުން ބުނެފައިވަނީ ސިއްޙީ މަރުކަޒަށް ގެންދިޔައިރުވެސް އޭނާވަނީ މަރުވެފައެވެ.

ފުލުހުންދަނީ މިމައްސަލަ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.