ޒަހީރު އާއި ސޮނާކްޝީ ކައިވެނިކޮށްފި

ޒަހީރު އާއި ސޮނާކްޝީ ކައިވެނިކޮށްފި

Author
ފާތިމަތު ނާވީ
25 ޖޫން 2024 10:51
0

ބޮލީވުޑްގެ މަޝްހޫރު ބަތަލާ ސޮނާކްޝީ ސިންގް އާއި އެކްޓަރު ޒަހީރު އިގްބާލް އިއްޔެ ކައިވެނިކޮށްފި އެވެ.

މީގެ ކުރިންވެސް މީޑީއާއިން ދިއައީ ސޮނާކްޝީ މި މަހުގެ 23 ވަނަ ދުވަހުގައި ކައިވެނި ކުރާނެ ކަމަށް ބުނަމުންނެވެ. ނަމަވެސް އެ ވާހަކަތަކަށް އެމީހުން ޖަވާބު ދީފައި އެއް ނުވެއެވެ.

ނަމަވެސް ސޮނާކްޝީގެ ބައްޕަ މީޑިއާގައި އޭނާ ކައިވެނި ކުރާކަން އެނިފައި ނުވާކަށް ބުނިތާ ދެ ދުވަސް ފަހުން ސޮނާކްޝީ ވަނީ ކައިވެނި ކޮށް ރަސްމީކޮން އެކަން އިއުލާން ވެސް ކޮށްފައިއެވެ.

 

View this post on Instagram

 

A post shared by Sonakshi Sinha (@aslisona)

 

ކައިވެންޏަށް ފަހު މުމްބާއީގައި ބޭއްވި ޕާޓީގައި ބޮލީވުޑް މަޝްހޫރު ތަރިން ކަމަށްވާ ރޭކާ، ސަލްމާން ހާން، ކާޖޮލް، އަދީތީ ރާއޯ ހައިދަރީ އާއި އެހެން ބައެއް އެކްޓަރުން ބައިވެރިވި އެވެ. ބޮލީވުޑްގެ އެހެން ތަރިންގެ ކައިވެނިތަކާ އެއްގޮތަށް ސޮނާކްޝީގެ ކައިވެނީގެ ހަފުލާ ވެސް ބޭއްވީ އެސްތެޓިކް ތީމަކަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.