މަސްވެރިންގެ މުޒާހަރާ ރާވާ ހިންގަނީ ބަޔަކު އަޑީގައި ތިބެގެން: ޝާހިދު

މަސްވެރިންގެ މުޒާހަރާ ރާވާ ހިންގަނީ ބަޔަކު އަޑީގައި ތިބެގެން: ޝާހިދު

Author
ޙަސަން މުޙައްމަދު
24 ޖޫން 2024 12:15
0

އައްޑޫގައި މިހާރު ކުރިޔަށްދާ މަސްވެރިންގެ މުޒާހިރާއަކީ ބަޔަކު އަޑީގައި ތިބެގެން ރާވާ ހިންގަމުންދާ ހަރަކާތެއްކަމުގައި އައްޑޫ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ އާ ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން މަސްވެރިންނަށް ލިބިފަ އޮތީމަ އޭގެ ނާޖާއިޒު ފައިދާ ނެގުމަށް ބަޔަކު އަޑީގައި ތިބެގެން ރާވައިގެން ހިންގާ ހަރަކާތެއް ކަމަށާއި، މަސް ފެކްޓަރީގައި މަސް ރައްކާކޮށްފައި ހުރި 300 ޓަނުގެ ކޮންޓެއިނާ އާއި އެތަނުގައި ތިބި 40 ހަކަށް ރަށުން ބޭރުގެ މުވައްޒަފުން ނިދާ ކާއިބޮއެ ހަދާތަނުން ކަރަންޓު ކަނޑާލުމަކީ އިހުތިޖާޖު ކުރުން ނޫން ކަމުގައެވެ.

އަދި އޭނާ ވިދާޅުވީ ފާއިތުވި ރިޔާސީ އިންތިޚާބުގެ ފަހުބުރުގައި 25 ރުފިޔާއަށް މަސް ކިލޯއެއްގެ އަގު އުފުލުމަށްފަހު ދޫކޮށްލީ މި ސަރުކާރަށް ހުރިހާ ބުރައެއް އުފުލަންޖެހޭ ގޮތަށް ކަމުގައެވެ. އަދި އޭނާ ވިދާޅުވީ މަހުގެ އަގު ބޮޑު ކުރުމަށް އެ ސަރުކާރުން މަސްވެރިންނަށް އެންމެ ލާރިއެއްވެސް ދޫކޮށްފައި ނުވާކަމުގައެވެ.

ޝާހިދު ވިދާޅުވީ އީދު ބަންދުގެ ކުރިން މަސްވެރިންނަށް ފައިސާ ދޫކުރުމަށްފަހު، ބާކީ ނުދެވިހުރި ލާރިކޮޅު މަސްވެރިންނަށް ވަރަށް އަވަހަށް ދޫކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.