ބޮލީވުޑްގެ ތަރި އާމިރު ޚާންގެ ދަރިފުޅު ޖުނައިދު ޚާން ފިލްމީ ދުނިޔެ އަށް ތައާރަފުވާ ފިލްމް "މާހާރާޖް" މިހާރު ނެޓްފްލިކްސް އަށް ދޫކޮށްލައިފައިވާ އިރުގައި ފިލްމްގެ ޓްރެއިލާ އާންމުކޮށްފިއެވެ.
މި ފިލްްމް ވެގެން ގޮސްފައި މިވަނީ ފިލްމް ބެލުންތެރިންނަށް ދޫކޮށްލުމަށް ފަހު ޓްރެއިލާ ދައްކައިލި ފިލްމްއަކަށެވެ. އާންމު އުސޫލު އޮންނަ ގޮތުން ފިލްމް ގެ ކުރިން އަބަދުވެސް ޓްރޭލާ ނެރެއެވެ.
މި ފިލްމް އަކީ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ އެއްޗެކެވެ. މި ފިލްމް އަކީ 1862ވަނަ އަހަރުގެ މަޝްހޫރު މަހާރާޖް ލައިބެލް ކޭސްގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ.
އިނގިރޭސީން ގެ އަޅުވެތިކަމުގައި އިންޑިއާ އޮތް ދުވަސްވަރު ހިނގާފައިވާ މި ހާދިސާއަކީ އެގައުމުގެ ދީނީ ލީޑަރަކު ފައްޅިތަކުގައި އަންހެނުންނާއެކު ޖިންސީ ގުޅުންތައް ހިންގާކަމަށް ނޫސްވެރިއަކު ލިއުނު ރިޕޯޓަކާގުޅިގެން ހިނގި މައްސަލައެކެވެ. ޖުނައިދު ޚާން ފެނިގެންދާނީ އެމައްސަލަ ބިނާވެފައިވާ ނޫސްވެރިއާ ކަރްސަންދާސް މުލްޖީގެ ރޯލުން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
ކާސްޓްގައި ޖައިދީޕް އަހުލުވާތާއި ޝަރުވާރީ ވާގްގެ އިތުރުން ޝާލިނީ ޕާންޑޭ ހިމެނޭ "މަހާރާޖް" ގެ ޑައިރެކްޓްކުރީ 2018 ގެ "ހިޗްކީ" ގެނެސްދިން ސިދާތު ޕީ މަލްއުތުރާ އެވެ.
ކޮމެންޓު ފޮނުވާ