"ސިންގަމް އެގެއިން" ނޮވެމްބަރަށް ފަސްކޮށްފި

"ސިންގަމް އެގެއިން" ނޮވެމްބަރަށް ފަސްކޮށްފި

Author
ފާތިމަތު ނާވީ
25 ޖޫން 2024 11:00
0

ކުރިން އޮގަސްޓް މަހު ރިލީޒްކުރަން ނިންމި އަޖޭ ދޭވްގަންގެ "ސިންގަމް" ފްރެންޗައިޒްގެ ތިން ވަނަ ބައި މި އަހަރުގެ ނޮވެމްބަރަށް ފަސްކޮށްފި އެވެ.

"ސިންގަމް" ސީރީޒް ފިލްްމް ތަކަކީ އަޖޭ އާއި އެކުގައި އެކްޝަން ޑައިރެކްޓރެއްގައި ގޮތުގައި ފާހަގަ ކުރެވޭ ޑައިރެކްޓަރު ރޯހިތު ޝެޓީ ކުރިއަށް ގެންދާ ފިލްމް އެކެވެ. މި ފިލްމް ރިލީޒް ކުރުމަށް ކުރިން ތާވަލް ކޮށްފައި އޮތީ ނޮވެމްބަރުގައި ފާހަގަކުރާ ދިވާލީގެ ބަދަލުގައި ފިލްމް އޮކްޓޯބަރަށް ފަސްކުރި ސަބަބެއް ފިލްމް އުފައްދާ ފަރާތްތަކުން ހާމަ ކޮށްފައިއެއް ނުވެއެވެ.

އެ ތާރީހަކީ މަޝްހޫރު ތެލެގޫ އެކްޓަރު އައްލޫ އަރުޖުންގެ "ޕުޝްޕާ 2: ދަ ރޫލް" އާއި އަކްޝޭ ކުމާރުގެ "ކޭލް ކޭލް މޭ" އާއި ޝްރަދާ ކަޕޫރްގެ "އިސްތިރީ 2″ ވެސް ގެނެސްދޭން އޮތް ތާރީހެވެ.

 

View this post on Instagram

 

A post shared by Ajay Devgn (@ajaydevgn)

މީގެ ފުރަތަމަ ބައި "ސިންގަމް" ރިލީޒްކުރީ 2011 ގަ އެވެ. އޭގެ ބަތަލަކީ ކާޖަލް އަގަރްވާލެވެ. އަދި ކަރީނާ ކަޕޫރް ބަތަލާގެ ރޯލު ކުޅުނު "ސިންގަމް ރިޓާންސް" ގެނެސްދިނީ 2014 ގަ އެވެ. އެ ދެ ފިލްމު ވެސް ވަރަށް ކާމިޔާބެވެ. "ސިންގަމް އެގެއިން" ގެ ޝޫޓިން ފަށަން ހަމަޖެހިފައި ވަނީ މި އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.