"ވޭދާ" އޮގަސްޓަށް ފަސްކޮށްފި

"ވޭދާ" އޮގަސްޓަށް ފަސްކޮށްފި

Author
ފާތިމަތު ނާވީ
24 ޖޫން 2024 11:32
0

ޖޯން އަބްރަހަމް ގެ ކުރިއަށް އޮތް ފިލްމް "ވޭދާ"  އޮގަސްޓަށް ފަސްކޮށްފި އެވެ.

އެ ފިލްމުގެ އާ ޕޯސްޓަރަކާ އެކީ އިއުލާންކޮށް ބުނީ ނިކިލް އަދުވާނީ ޑައިރެކްޓްކޮށްފައިވާ އެކްޝަން ޑްރާމާ މިހާރު ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި ވަނީ އޮގަސްޓް 15 ގައި ކަމަށެވެ. ކުރިން "ވޭދާ" ރިލީޒްކުރަން އޮތީ އަންނަ މަހުގެ 12 ގަ އެވެ.

މި އެކްޝަން ޑްރާމާ ކާސްޓްގައި ޝަރްވާރީ ވާގް އާއި ތަމަންނާ ބާޓިއާ ވެސް ހިމެނެ އެވެ. ޖޯންގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު އޭނަ ވިލަންއެއްގެ ރޯލުން ފެނިގެން ދިޔަ ޝާހްރުކް ޚާންގެ "ޕަތާން" އެވެ.

 

View this post on Instagram

 

A post shared by Nikkhil Advani (@nikkhiladvani)

މި ފިލްމް ގެ ލީޑުން ފެނިގެން ދާނީ ޖޯން އަބަރްހަމް އާއި މިދިޔަ އަހަރުގެ "ބަންޓީ އޯރް ބަބްލީ 2″ އިން ބޮލީވުޑަށް ނުކުތް ޝަރުވާރީ ވާގެވެ. މި ފިލްމް އަޅުވާނެ ވަކި ތާރީހެއް އަދި އިއުލާނެއް ނުކުރެއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.