ޕޮލިސީތަކާއި ޚިލާފުވިކަމަށްބުނެ ސުއޫދާ ވަޒީފާއިން ވަކިކޮށްފި

ޕޮލިސީތަކާއި ޚިލާފުވިކަމަށްބުނެ ސުއޫދާ ވަޒީފާއިން ވަކިކޮށްފި

Author
މުޙައްމަދު ޝަޒައިމް
22 ޑިސެމްބަރ 2020 01:49
0

"އީސީ ޝަރީފޫ" އޭ ކިޔައި، އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް އަހުމަދު ޝަރީފަށް ފާޑުކިޔައި ގިނަ ބައެއްގެ ސަމާލުކަން ހޯދި އިދިކޮޅު ކޯލިޝަންގެ އިސް އެކްޓިވިސްޓް ސުއޫދާ އަބްދުﷲ އެމްޕީއެލްގެ ވަޒީފާއިން އިއްޔެ ވަކިކޮށްފިއެވެ.

އިދިކޮޅު ކޯލިޝަނުން ބުނެފައިވަނީ ސުއޫދާ ވަޒީފާއިން ވަކިކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައިކަމަށެވެ. ވަޒީފާއިން ވަކިކޮށް ފޮނުވި ޗިޓުގައި ބުނެފައިވަނީ އެސިސްޓެންޓް އޮފިސަރުގެ މަގާމުން ވަކިކުރީ ކުންފުނީގެ ޕޮލިސީތަކާ ހިލާފަށް އަމަލުކުރަމުންދާތީ ތަކުރާރުކޮށް ނަސޭހަތް ދިނުމުން ވެސް އެ އަމަލުތަކަށް ބަދަލު އައިސްފައިނުވާތީ ކަމަށެވެ.

ނަމަވެސް އޭނާ ޚިލާފްވެފައިވަނީ ކުންފުނީގެ ޕޮލިސީގެ ކޮންކަމާއިކަމެއް ހާމަކޮށްފައި ނުވެއެވެ. އެމްޕީއެލްގެ ވަރަށް ގިނަ މުވައްޒިފުން މިހާރުވެސް އިދިކޮޅު ގިނަ ހަރަކާތްތަކުގައި ބައިވެރިވެ ސަރުކާރާއި ދެކޮޅަށް އަޑު އުފުލަމުން ދެއެވެ.

ސުއޫދާއަކީ މިސަރުކާރާއި ދެކޮޅަށް ފާޅުގައި އަޑު އުފުލައި މަގުމަތީގެ ހަރަކާތްތަކުގައިވެސް އެންމެ އިސްކޮށް ހަރަކާތްތެރިވާ އެއް އެކްޓިވިސްޓެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.