ބުރިޖް ހައިވޭމަތިން ކަހާލައިގެން ވެއްޓުނު ބިދޭސީއަކު މަރުވެއްޖެ

ބުރިޖް ހައިވޭމަތިން ކަހާލައިގެން ވެއްޓުނު ބިދޭސީއަކު މަރުވެއްޖެ

Author
ހުސައިން
22 ޖޫން 2024 02:24
0

ބުރިޖް ހައިވޭމަތިން ކަހާލައިގެން ވެއްޓުނު ބިދޭސީއަކު މަރުވެއްޖެއެވެ. އެނާ މަރުވެފައިވަނީ އޭޑިކޭގައި ފަރުވާ ދެމުން ދަނިކޮށެވެ.

އިއްޔެ ހެނދުނުގެ ވަގުތެއްގައި ހިނގި މިހާދިސާގައި މަރުވެފައިވަނީ ލަންކާގެ ރައްޔިތެއްކަމަށް އެގިފައި ވެއެވެ. އަދި އޭނާއަކީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރަމުން އަންނަ ކުންފުނީގައި މަސައްކަތް ކުރަމުން އައި މީހެކެވެ.

މި ހާދިސާއާއި ގުޅުންހުރި އިތުރު ތަފްސީލު ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.