ކަރިޝްމާ ޑާންސް ޝޯއެއް ޖަޖް ކުރަނީ

ކަރިޝްމާ ޑާންސް ޝޯއެއް ޖަޖް ކުރަނީ

Author
ފާތިމަތު ނާވީ
24 ޖޫން 2024 10:09
0

ބޮލީވުޑްގެ ކުރީގެ މަޝްހޫރު ބަތަލާ ކަރީނާ ކަޕޫރު އަށް ޝޯވ އެއްގައި ޖަޖުކަން ކުރުމުގެ ފުރުސަތު ލިބިއްޖެއެވެ.

އެއީ ސޮނީ ޓީވީގެ "އިންޑިއާސް ބެސްޓް ޑާންސާ" ހަތަރު ވަނަ ސީޒަންގެ ޖަޖެއްގެ ގޮތުގައި ބައިވެރި ވުމުގެ ފުރުސަތު ކަމަށް ރިޕޯޓްތަށް އަންނަނީ ބުނަމުންނެވެ. ނަމަވެސް އަދި މިކަން ރަސްމީކޮން އިއުލާން އެއް ނުކުރެއެވެ.

މީޑިއާތަކުން ބުނީ އާ ސީޒަންގެ ތައްޔާރީޔައް މިހާރު ކުރިއަށްދާ އިރު، ޝޯގެ ކުރީގެ ސީޒަންތަކުގައި ޖަޖްކަންކޮށްފައިވާ މަޝްހޫރު ކޮރިއޮގްރާފަރުން ކަމަށްވާ ގީތާ ކަޕޫރާއި ޓެރެންސް ލެވިންސް ވެސް ޖަޖުންގެ ޕެނެލްގައި ހިމެނޭނެ ކަމަށެވެ. ކަރިޝްމާ މީގެ ކުރިން ވަނީ ސްޓާ ޕްލަސްގެ ޑާންސް ޝޯ "ނަޗް ބަލިޔޭ" ގެ ސީޒަން ހަތަރެއްގެ ޖަޖްކަން ކޮށްފައިވެ އެވެ.

ބެލެވޭ ގޮތުން "އިންޑިއާސް ބެސްޓް ޑާންސާ 4″ ޕްރީމިއާކުރާނީ އަންނަ މަހުގެ ފަހުކޮޅު އެވެ. މި ޝޯގެ ތިން ވަނަ ސީޒަން ގެނެސްދިނީ މިދިޔަ އަހަރު އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.