އިސްލާމް ދީނަށް ފުރައްސާރަކުރި މައްސަލައެއް ފުލުހުން ބަލަނީ

އިސްލާމް ދީނަށް ފުރައްސާރަކުރި މައްސަލައެއް ފުލުހުން ބަލަނީ

Author
އަހުމަދު
22 ޖޫން 2024 12:42
0

އެކްސްގައި އިސްލާމްދީނަށް ފުރައްސާރަ ކުރި މައްސަލައެއް ފުލުހުން މިއަދު ބަލަން ފަށައިފިއެވެ.

އައިޝަތު ނަޒްހާގެ ނަމުގައި އެކްސްގައި ހުޅުވާފައިވާ އެކައުންޓުގައި ހައްޖު އަދި އުމްރާގެ އަޅުކަމަށް ފުރައްސާރަކޮށްފައިވެއެވެ. އެ ޕޯސްޓުގައި ވަނީ "ހިލަގަނޑެއްގެ" ވަށައިގެން ބުރު ޖަހައި އެއަށް ބޮސްދިނުން ވަރިހަމަ ނަމަވެސް، ޔޯގާ ހަރާމް ކަމަށް ބުނެފައެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައި ވަނީ އިސްލާމް ދީނަށް ފުރައްސާރަކޮށް އެކްސްގައި އާންމުކޮށްފައިވާ ޕޯސްޓް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެ ޕޯސްޓާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަމަށް ފުލުހުން ބުންޏެވެ.

މީގެކުރިން ވެސް ސޯޝަލް މީޑިއާގައި އިސްލާމް ދީނަށް ފުރައްސާރަކޮށް ތަފާތު ޕޯސްޓުތައް ޝާއިއުކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.