ޕީއެސްއެމް "އެއަރ" އެޕުން ޔޫރޯގެ މެޗުތައް ލައިވްކޮށް މިހާރު ފެންނާނެ

ޕީއެސްއެމް "އެއަރ" އެޕުން ޔޫރޯގެ މެޗުތައް ލައިވްކޮށް މިހާރު ފެންނާނެ

Author
އަހުމަދު
19 ޖޫން 2024 06:20
0

ޖަރުމަނުގައި މިހާރު ކުރިއަށްދާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ މެޗުތައް ވަގުތުން ބަލާލެވޭ އޮންލައިން އެޕްލިކޭޝަނެއް ޕީއެސްއެމް އިން ލޯންޗުކޮށްފިއެވެ.

ޕީއެސްއެމްގެ ޗެނަލްތައް ބަލާލެވޭ މި އެޕްލިކޭޝަން ތައާރަފް ކުރެއްވީ ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު ޒީނާ ޒާހިރު އާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޔާމިން ރަޝީދެވެ.

ޕީއެސްއެމް އެއަރ" ނަމުގައި މިއަދު ތައާރަފް ކުރި އެޕް މިހާރު އައިއޯއެސް އަދި އެންޑްރޮއިޑް ފޯނުތަކުންވެސް ޑައުންލޯޑް ކުރެވޭނެއެވެ.

މި އެޕްލިކޭޝަންގައި ރޭޑިއޯ ޗެނަލުތަކުގެ ތެރެއިން ދިވެހިރާއްޖޭގެ އަޑާއި، ދިވެހި އެފްއެމްގެ އިތުރުން ދީނުގެ އަޑުވެސް އަހާލެވޭނެއެވެ. މިއީ މުޅިން ހިލޭ ޕީއެސްއެމުން ތައާރަފްކުރި ޚިދުމަތެކެވެ.

މިހާރު ކުރިޔަށްދާ ޔޫރޯއާ ގުޅިގެން ޕީއެސްއެމް އިން ތަފާތު ހަރަކާތްތައް ކުރިޔަށްގެންދާ އިރު މި މުބާރާތުގެ ރާއްޖޭގެ ލައިސަންސް ބްރޯޑްކާސްޓަރަކީ ޕީއެސްއެމްގެ ޓީވީއެމް އާއި ޔެސްޓީވީއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.