ތ. ކިނބިދޫ ނެރު ފަސްގަނޑަށް ލޯންޗު އެރި ހާދިސާގައި ދެމީހަކަށް އަނިޔާ ވެއްޖެ

ތ. ކިނބިދޫ ނެރު ފަސްގަނޑަށް ލޯންޗު އެރި ހާދިސާގައި ދެމީހަކަށް އަނިޔާ ވެއްޖެ

Author
ހުސައިން
14 ޖޫން 2024 09:45
0

ބާރު ސްޕީޑްގައި ދުއްވަމުން ދިޔަ ވެލިމާ ލޯންޗެއް ކޮންޓްރޯލް ނުވެ ތ.ކިނބިދޫ ނެރު ފަސްގަނޑަށް އަރައި ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެއްޖެއެވެ.

މިއަދު ހަވީރު ހިނގި މި އެކްސިޑެންޓްގައި ލޯންޗް އަރާފައިވަނީ ތ. ކިނބިދޫ ނެރު ފަސްގަނޑު ކިޔާ ފަޅު ރަށަކަށެވެ.

ވެލިމާ ކިޔާ މި ލޯންޗަކީ މާލެ އާއި ތ. އަތޮޅާ ދެމެދު ދަތުރުކުރާ ލޯންޗެކެވެ.

’މި ލޯންޗުގައި ތިބި 3 މީހުންގެ ތެރެއިން 2 މީހަކަށް ކުދި އަނިޔާތަކެއް ވެފައިވޭ" މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނެފައި ވެއެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި ވެލިމާސްޕީޑް ލޯންޗަކީ މާލެ އިން ރަށައް އަލަށް ދަތުރު ކުރަން ފެށި ލޯންޗެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.