ޝަހީދުވި ނުވަތަ ޒަހަމްވި ފަލަސްތީނުގެ އާއިލާތަކުގެ ތެރެއިން ހައްޖަށް ދިއުމަށް އިތުރު 1،000 މީހަކަށް ސައުދީ ރަސްގެފާނުގެ ދައުވަތު ދެއްވައިފިއެވެ.
އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ޝަހީދުވި ނުވަތަ ޒަހަމްވި ފަލަސްތީނުގެ އާއިލާތަކުގެ ތެރެއިން އިތުރު 1،000 ހައްޖުވެރިން ވެސް ހައްޖުގެ އަޅުކަން އަދާކުރުމަށް ގޮސްފައިވަނީ ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާންގެ ދައުވަތަކަށް ކަމަށް ސައުދީގެ ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ.
މި 1000 މީހުންނަކީ އިސްރާއީލުން ރަފަހް ކްރޮސިން ބަންދު ކުރުމުގެ ޣައްޒާއިން ބޭރުގައި ތިބި ފަރާތްތަކެވެ. މީގެ ތެރެއިން ގިނައީ މިސްރުގައި މިހާރުވެސް ތިބި ފަރާތްތަކެވެ.
އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީން 4200 ހައްޖުވެރިން ހައްޖުގެ އަޅުކަން އަދާކުރުމަށް މައްކާއަށްވަނީ ގޮސްފައެވެ.
ފަލަސްތީނުގެ ކަމާބެހޭ ފަރާތްތަކުން ބުނެފައިވަނީ ހިފާފައިވާ ހުޅަނގު އައްސޭރީގެ 4،200 ހައްޖުވެރިން މިއަހަރު ވެސް ހައްޖުގެ އަޅުކަން އަދާކުރުމަށް މައްކާއަށް ގޮސްފައިވާ ކަމަށެވެ. އެހެންނަމަވެސް، ޣައްޒާގެ ހައްޖުވެރިންނަށް މިއަހަރު މައްކާއަށް އަދިވެސް ދެވިފައި ނުވާކަމަށްވެސް ފަލަސްތީނުގެ ރަސްމީ ފަރާތްތަކުން ވަނީ ބުނެފައެވެ. ޢައްޒާގެ ހައްޖުވެރިންނަށް ހައްޖަށް ދެވިފައި ނުވަނީ، މިދިޔަ މެއި މަހު އިސްރާއީލު ސިފައިން މިސްރާއި އެކު އޮންނަ ރަފާ ބޯޑަރު ބަންދުކުރުމުން ކަމަށްވެސް އެސޯސިއޭޓް ޕްރެސްއިން ބުނެފައި ވެއެވެ.
ޣައްޒާގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ޚާން ޔުނިސްއަށް ނިސްބަތްވާ ފަލަސްތީނުގެ 75 އަހަރުގެ އަންހެނެއް ކަމަށްވާ އަމްނާ އަބޫ މުއްލަކް އޭޕީއަށް މައުލޫމާތުދެމުން ވިދާޅުވީ ހައްޖުގެ އެމީހުންނަށް ހައްޖުގެ އަޅުކަން އދާކުރުމުން މަހްރޫމްވެފައި ވަނީ ރަފާ ކްރޮސިން ބަންދުވެފައި އޮތުމުންނާއި ހަނގުރާމަތަކާއި ހާލަތުގެ ސަބަބުން ކަމަށެވެ. "އެމީހުން [އިސްރާއީލުން] އަހަންނަށް ހުރިހާ ކަމަކުން މަހްރޫމްކުރީ،" އެނާ ބުނެފައި ވެއެވެ.
ކޮމެންޓު ފޮނުވާ