ހުޅުމާލޭ ޖަލު އޮފިސަރަކަށް، މަގުމަތިން، މަރުތޭލަކުން ހަމަލާ ދިނުމަށް މަސައްކަތް ކޮށްފި

ހުޅުމާލޭ ޖަލު އޮފިސަރަކަށް، މަގުމަތިން، މަރުތޭލަކުން ހަމަލާ ދިނުމަށް މަސައްކަތް ކޮށްފި

Author
ހުސައިން
13 ޖޫން 2024 11:46
0

ހުޅުމާލޭ ޖަލު އޮފިސަރަކަށް، މަގުމަތިން، މަރުތޭލަކުން ހަމަލާ ދިނުމަށް ބަޔަކު މަސައްކަތް ކޮށްފިއެވެ.

ހުޅުމާލޭ ޖަލުން ބުނެފައިވަނީ އޭނާއަށް ހަމަލާދީފައިވަނީ ޖަލުން ނުކުމެގެން ފޭސް ދޭކަށްދިޔަ މަގުމަތީގައި ކަމަށާއި، ހަމާދީފައިވަނީ ފަހަތުން ސައިކަލެއްގައި އައި ދެމީހަކު ކަމުގައެވެ. އެހެންނަމަވެސް އެ ދެމީހުން ދިން ހަމަލާ ޖަލު އޮފިސަލަށް އަމާޒު ވެފައި ނުވާކަމަށްވެސް ޖަލުން ބުނެފައި ވެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފައިވަނީ މައްސަލަ މިހާރު ޕޮލިހަށް ހުށަހަޅާފައިވާނެ ކަމަށާއި، މިހާރު މައްސަލަ ދަނީ ތަހުގީގުކުރަމުން ކަމުގައެވެ. އަދި ކަރެކްޝަނަލް ސާވިސް ވަނީ ޖަލު އޮފިސަރުން ސަމާލުވެގެން އުޅުމަށް އިލްތިމާސް ކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.