ސްޓޫޑެންޓް ލޯން 1،015 ދަރިވަރަކަށް ދޭން ނިންމައިފި

ސްޓޫޑެންޓް ލޯން 1،015 ދަރިވަރަކަށް ދޭން ނިންމައިފި

Author
އަހުމަދު
11 ޖޫން 2024 01:50
0

ސަރުކާރުން ދޫކުރާ ސްޓޫޑަންޓް ލޯނަށް 1،015 ދަރިވަރަަކު ޝަރުތުހަމަވާތީ އެ ހުރިހާ ދަރިވަރުންނަށް ލޯން ދިނުމަށް މިއަދު ނިންމައިފިއެވެ.

މި އަހަރުގެ ސްޓޫޑަންޓް ލޯނަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމުން 1،709 ދަރިވަރުން ކުރިމަތިލިއެވެ.

ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ މި އަހަރުގެ ލޯނަށް 1،153 ދަރިވަރުން ކޮލިފައި ވެފައިވާ އިރު، ލޯނަށް މިހާތަނަށް ހޮވިފައި ވަނީ 1،015 ދަރިވަރުން ކަމަށެވެ. އެ ދަރިވަރުންނަށް އަންނަ ބުރާސްފަތި ދުވަހު "ސްޕޮންސާ ލެޓާ" ލިބޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ލޯން ނުލިބޭ ދަރިވަރުން، ނުހޮވުނު ކަމާއި ސަބަބު އެ ވުޒާރާގެ ވެބްސައިޓުން ބެލޭނެ އިންތިޒާމް ވަނީ ހަމަޖައްސައިފައެވެ. މިކަމާ ގުޅިގެން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ޖޫން 25 ގެ ނިޔަލަށް އޮންނާނެއެވެ. މިގޮތުން [email protected] އަށް އީމެއިލް ކުރެވޭނެއެވެ.

ނަތީޖާ ލިބެން ހުންނާނީ "މައި އެޑިޔު ޕޯޓަލް" އިންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.