ޓީއެމްއޭގެ ސީޕްލޭނެއް ޖައްސަން އުޅެނިކޮށް އެކްސިޑެންޓުވެއްޖެ

ޓީއެމްއޭގެ ސީޕްލޭނެއް ޖައްސަން އުޅެނިކޮށް އެކްސިޑެންޓުވެއްޖެ

Author
އަހުމަދު
09 ޖޫން 2024 06:08
0

ބ. މިިރިއަންދޫ ރިސޯޓު ކައިރިއަށް ޖައްސަން އުޅުނު ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) ގެ ސީޕްލޭނެއް މިއަދު އެކްސިޑެންޓުވެއްޖެއެވެ.

މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެއެވެ.

މިކަމާ ގުޅިގެން ޓީއެމްއޭގެ އޮފިޝަލް ކޮމެންޓެއް ވެސް ނުލިބެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ބ.އަތޮޅު ރިސޯޓަކަށް ސީޕްލޭނެއް ޖައްސަން އުޅުމުގެ ތެރޭގައި ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ސީޕްލޭން ދިޔަވަމުން އަންނަ މަންޒަރުގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ. ވީޑިއޯގައި ބޯޓުގެ ފަހަތަށް ފެން ގަނޑު ވަދެފައިވާ މަންޒަރު ފެނެއެވެ. އަދި ބޯޓުގައި ތިބި މީހުން ލޯންޗަކަށް އަރުވާ މަންޒަރު ވެސް ފެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.