ކަރަންޓުގައި ޖެހުނު އުނގޫފާރުގެ ޒުވާނާ ނިޔާވެއްޖެ

ކަރަންޓުގައި ޖެހުނު އުނގޫފާރުގެ ޒުވާނާ ނިޔާވެއްޖެ

Author
ހުސައިން
08 ޖޫން 2024 11:23
0

ކަރަންޓުގައި ޖެހުނު އުނގޫފާރުގެ ޒުވާނާ މާލޭގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވެއްޖެއެވެ.

އެ ޒުވާނާއަށް ފަރުވާދެމުން އައީ އައިޖީއެމްއެޗްގައި ވެންޓިލޭޓަރުގައި ފަރުވާދެމުން ދަނިކޮށެވެ.

އައިޖީއެމްއެޗުން ބުނީ އެ ޒުވާނާ ނިޔާވީ މިއަދު ހެނދުނު 10:30 ގައި ކަމަށެވެ.

އިތުރު ފަރުވާއަށް 18 އަހަރުގެ ޒުވާނާ މާލެ ގެނައިއިރުވެސް ހާލު ސީރިސްވެ އޮތީ ވެންޓިލޭޓަރުގައެވެ. ޒުވާނާއަށް ފަރުވާ ދެމުންދިޔައީ އައިޖީއެމް ހޮސްޕިޓަލުގައެވެ.

ފާއިތުވި މޭމަހުގެ 23 ވަނަ ދުވަހު އުނގޫފާރުގައި ކަރަންޓުގައި ޖެހިގެން އެރަށު ހޮސްޕިޓަލަށް ގެންދެވުނީ 8 އަހަރުގެ ކުއްޖަކާއި 18 އަހަރުގެ ޒުވާނެކެވެ. މިކުދިން ކަރަންޓުގައި ޖެހުނު މަންޒަރު ފެނުނު 12 އަހަރުގެ އަންހެން ކުއްޖަކުވެސް ހާލު ދެރަވެގެން ހޮސްޕިޓަލަށް ގެންދެވުނެވެ. އެހެންނަމަވެސް އެ ކުއްޖާއާއި 8 އަަހަރުގެ ކުއްޖާ ފަހުންވަނީ ހޮސްޕިޓަލުން ދޫކޮށްލާފައެވެ.

މިހާދިސާގައި ފުރަތަމަ ކަރަންޓުގައި ޖެހުނީ، މަގުމަތީގައި ކުޅެން އުޅުނު 8 އަހަރުގެ ކުއްޖާ މަގުމަތީ ފެންގަޑަށް އެރުމުންނެވެ. އަދި އެކުއްޖާ ސަލާމަތްކުރުމަށް ފެންގަޑަށް އެރުނު 18 އަހަރުގެ ކުއްޖާވެސް ކަރަންޓުގައި ޖެހުނީއެވެ.

ފެންގަޑަށް ކަރަންޓު ދޫވެފައި ހުރީ ފެންގަނޑު ކައިރީގައި ހުރި މަގު ބައްތީގެ ވަޔަރިންގެ މައްސަލައެއް ދިމާވެގެންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.