"ފަލަސްތީނާ އެކު ދިވެހީން" ނަމުގައި ހުޅުމާލޭގައި އުޅަނދުބުރެއް ބާއްވައިފި

"ފަލަސްތީނާ އެކު ދިވެހީން" ނަމުގައި ހުޅުމާލޭގައި އުޅަނދުބުރެއް ބާއްވައިފި

Author
ހުސައިން
07 ޖޫން 2024 06:30
0

ފަލަސްތީނާ އެކު ދިވެހީން ނަމުގައި މިއަދު ހުޅުމާލޭގައި އުޅަނދުބުރެއް ބާއްވައިފިއެވެ. އުޅުނދު ބުރުގައި ގިނަ އަދަދެއްގެ އާންމު ރައްޔިތުން ވަނީ ބައިވެރި ވެފައެވެ.

އަދި އޭގެ އިތުރުން މި އުޅަނދު ބުރުގައިވަނީ ސިޔާސީ ބައެއް އިސް ފަރާތްތައްވެސް ބާއްވާފައެވެ.

އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމާއި ދެކޮޅަށް ރާއްޖޭގެ ފަހަކަށް އައިސް ދަނީ މުޒާހިރާތަކާއި އެއްވުންތައް ބާއްވަމުންނެވެ. އަދި އިސްރާއީލުގެ ރައްޔިތުން ރާއްޖެ ވަނުން މަނާކުރުމަށް، އެގައުމުގެ ޕާސްޕޯޓު ބޭން ކުރުމަށް ސަރުކާރުން މިހާރުވަނީ ނިންމާފައެވެ.

ސަރުކާރުން އިސްރާއީލުގެ ޕާސްޕޯޓު ބޭން ކުރުމަށް ނިންމާފައިވަނީ ގާނޫނަށް އިސްލާހު ގެނެސްގެންނެވެ.

އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމުގައި މިހާތަނަށް ފަލަސްތީނުގެ 36،000 އަށްވުރެ ގިނަ ރައްޔިތުންވަނީ ޝަހީދު ކޮށްލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.