އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުން ށ.ގޮއިދޫގައި މެރިޓައިމް ސޭފްޓީ އަދި ފަޔަރ އެވެއާނެސް ކުލާހެއް ކުރިއަށް ގެންގޮސްފިއެވެ.
ޖޫން 7 ވަނަ ދުވަހު ށ.ގޮއިދޫގައި ކުރިއަށްގެންދިޔަ މި ކުލާހުގައި އެ ރަށުގެ 41 ފަރާތެއް ބައިވެރިވިއެވެ. އޭގެ ތެރޭގައި، އެ ރަށު ސްކޫލު ދަރިވަރުންނާއި ބެލެނިވެރިން އަދި ފެނަކާގެ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.
ފަޔަރ އެވެއާނެސް ކުލާހުގައި، ކައްކާ ގޭހުން ދިމާވެދާނެ ހާދިސާތަކުން ސަލާމަތްވުމަށާއި، އަދި ބަދިގޭގައި ހިނގާފާނެ އަލިފާނުގެ ހާދިސާއަކުން ރައްކާތެރިވުމާ ބެހޭ މަޢުލޫމާތާއި، އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ އަމަލުކުރާނެ ގޮތްތައް ވަނީ ކިޔައިދީފައެވެ.
އަދި މެރިޓައިމް ސޭފްޓީ ކުލާހުގައި، ކަނޑުމަތީގައި ހިނގާ ހާދިސާތަކުން ރައްކާތެރިވުމާއި އެފަދަ ހާދިސާތައް ދިމާވަން މެދުވެރިވާ ސަބަބުތަކާއި ކަނޑުމަތީގައި ސަމާލުވާންވީ ކަންކަމާ ބެހޭ ގޮތުން މަޢުލޫމާތު ފޯރުކޮށްދީފައިވެއެވެ.
މި ކުލާސްތަކުގައި މަޢުލޫމާތު ފޯރުކޮށްދިނީ، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ނައިފަރު ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުންނާއި، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ ސެއިލަރުންނެވެ.
ކޮމެންޓު ފޮނުވާ