ހޯމް މިނިސްޓްރީގެ އާ ޕީއެސްގެ މަގާމަށް ހިންނާ ޚާލިދު ހަމަޖައްސައިފި

ހޯމް މިނިސްޓްރީގެ އާ ޕީއެސްގެ މަގާމަށް ހިންނާ ޚާލިދު ހަމަޖައްސައިފި

Author
ހުސައިން
06 ޖޫން 2024 04:33
0

ހޯމް މިނިސްޓްރީގެ އާ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް) ގެ މަގާމަށް ހިންނާ ޚާލިދު ހަމަޖައްސައިފި އެވެ.

ހިންނާ ޚާލިދު ޕީއެސްގެ މަގާމަށް އައްޔަން ކުރުމުގެ ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އަލީ އިހުސާނާއި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ހިންނާ މީގެ ކުރިން ހުންނެވީ ހޯމް މިނިސްޓްރީގެ ތަރުޖަމާނުގެ މަގާމުގަ އެވެ. އޭނާ ވަނީ ކުރީގެ ރައީސް ޑރ.މުޙައްމަދު ވަޙީދު ޙަސަން މަނިކުގެ ސަރުކާރުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީގެ މަޤާމުވެސް ފުރުއްވާފައެވެ.

ހިންނާ އަކީ މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމްބީއޭ) ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އޭގެ އިތުރުން ޑިޕްލޮމާ އިން ސޯޝަލް ސައިންސް ރިސާޗް އަދި ޑިޕްލޮމާ އިން ޕީއެޗްސީ މެނޭޖްމަންޓް ހާސިލްކުރައްވާފައިވާފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.