ބޮލީވުޑްގެ ޒުވާން ދެ ތަރިން ކަމުގައިވާ ކާތިކް އާރިޔާން އާއި ތްރިޕްތީ ދިމްރީ އަށް ލޯބީގެ ފިލްމްއެއް ލިބިއްޖެއެވެ.
"ބޫލް ބުލައްޔާ 3″ ގެ ކާސްޓްގައި ހިމެނޭ ކާތިކް މި ދެތަރިން ދެވަނަ ފިލްމެއްގެ މަސައްކަތް ފަށަން ވެސް ތައްޔާރުވަމުން އަންނަ ކަމަށް މުނިފޫހި ފިލުވުމުގެ ހަބަރުތަށް ގެނެސްދޭ ނޫސްތަކުން އަންނަނީ ރިޕޯޓްކުރަމުންނެވެ.
މައުލޫމާތު ލިބޭ ގޮތުގައި މި ފިލްމް އަކީ ބުޝަން ކުމާރުގެ ޓީ ސީރީޒަށް ޑައިރެކްޓަރު އަނޫރާގް ބާސޫ ހަދަން ހަމަޖެހިފައިވާ ފިލްމެކެވެ. އަދި މިއީ ލޯބީގެ ވާހަކައަކަށް ހަދާ ފިލްމެއް ކަމަށާއިގެ ފިލްމުގައި ވަރަށް ރީތި ލަވަތަކެއް ވެސް ހިމެނޭނެ ކަމަށް ހަބަރުތަށް ބުނެއެވެ.
ކާތިކާއި ޓްރިޕްތީގެ ޖޯޑު އެކީގައި ފެންނާނެ ފުރަތަމަ ފިލްމު "ބޫލް ބުލައްޔާ 3″ ރިލީޒްކުރާނީ ނޮވެމްބަރުގައި ފާހަގަކުރާ ދިވާލީގެ ތެރޭގަ އެވެ. މި ފިލްމަކީ ކާތިކްގެ 2022 ގެ ކާމިޔާބު ހޮރޯ-ކޮމެޑީ "ބޫލް ބުލައްޔާ 2″ ގެ އާ ބައެކެވެ.