ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ޓަވަރުތަކުގެ ތެރެއިން އެޗް-1 ޓަވަރު ކައިރިން މީހެއްގެ އަތުން ފައިސާތަކެއް ފޭރުނު ބަޔަކު އާންމުންވެގެން ހުއްޓުވާފައި ވަނިކޮށް، ފޭރުނު މީހުން ފުލުހުންގެ ބެލލުމުގެދަށަށް ގެންގޮސްފިއެވެ.
ފުލުހުން ބުނެފައިވަނީު އާންމުން ފޭރުނު މީހަކު ހުއްޓުވައިގެން އުޅޭކަމުގެ މައުލޫމާތު ރޭ ފުލުހުންނަށް ލިބުނު ކަމުގައެވެ. އަދި އެމައްސަލައާއި ގުޅޭގޮތުން ލިބުނު މައުލޫމާތުގެ އަލީގައި، އާންމުން ހިފެހެއްޓި މީހުންނަކީ އެހެން މީހެއްގެ ތަކެތި ފޭރުނު ބައެއްކަން އެނގުނުކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.
ފުލުހުން ބުނެފައިވަނީ އެ މައްސަލާގައި މިހާތަނަށް ހައްޔަރު ކޮށްފައިވަނީ 4 ދިވެހިން ކަމުގައެވެ. އެމީހުންގެ އުމުރަކީ 32 އަހަރުހެ ދެ މީހަކާއި، 36 އަހަރުގެ މީހަކާއި، 45 ހައަރުގެ މީހެކެވެ.
ފުލުހުން ބުނެފައިވަނީ އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމުގައެވެ.
ގިނަ ބަޔަކު ދިރިއުޅެމުންދާ ހިޔާ ފްލެޓުގައި ފޭރުމުގެ ހާދިސާތައް ގިނަވަމުންދާކަން ފާހަގަ ކޮށްލެވެއެވެ.
ކޮމެންޓު ފޮނުވާ