ޗައިނާގެ ސަފީރު މަޖިލީސް ރައީސްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

ޗައިނާގެ ސަފީރު މަޖިލީސް ރައީސްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

Author
ހުސައިން
02 ޖޫން 2024 10:18
0

ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ވަން ލިޒިން، ރައްޔިތުންގެ މަޖިލީހުގެ ރައީސް، އޮނަރަބަލް ޢަބްދުއްރަޙީމް އަބްދުﷲގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަޑައިގަތުމުން އެކަމަނާއަށް މަރުހަބާ ދެންނެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމާއި ނާއިބުރައީސް ނާޒިމުއެވެ.

ޗައިނާ ސަފީރާއިއެކު މަޖިލީސް އިދާރާގައި މިއަދު ބޭއްވުނު ބައްދަލުވުމުގައި ޗައިނާ ސަފީރާއި ޗައިނާ އެމްބަސީގެ އިސްބޭފުޅުން ބައިވެރިވެލެއްވިއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނާއިބުރައިސްގެ އިތުރުން މަޖިލީހުގެ މެޖޯރިޓީ ލީޑަރ ފަލާހު ބައިވެރިވެލެއްވިއެވެ.

މިބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައިސަށާއި ނާއިބުރައީސަށް ޗައިނާ ސަފީރު ވަނީ މަރުހަބާ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.