ތަމްރީނެއްގައި އުޅެނިކޮށް މިޔަރެއް ހަމަލާދިން ސިފައިންގެ މީހަކު ނިޔާވެއްޖެ

ތަމްރީނެއްގައި އުޅެނިކޮށް މިޔަރެއް ހަމަލާދިން ސިފައިންގެ މީހަކު ނިޔާވެއްޖެ

Author
ހުސައިން
02 ޖޫން 2024 10:02
0

ތަންރީންގައި އުޅެނިކޮށް މިޔަރެއް ހަމަލާދިން ސިފައިންގެ މީހަކު ނިޔާވެއްޖެއެވެ.

މިހާދިސާގައި ނިޔާވެފައިވަނީ ރ. އުނގޫފާރު، ނިއުލައިފް، ލާންސްކޯޕްރަލް މުހައްމަދު ޒައިދާންއެވެ. އެނގިފައިވާ ގޮތުގައި އޭނާއަށް މިޔަރެއް ހަމަލާ ދީފައިވަނީ، ލ. ކައްދޫ ޓްރެއިންނިން ސެންޓުރުން، ލ. މާވަށް ކައިރީގައި މޫދުގައި ކުރިޔަށް ގެންދިޔަ ތަމްރީނެއްގައި އުޅެނިކޮށެވެ.

މިޔަރުގެ ހަމަލާއާއެކު ޒައިދާން ވަގުތުން ގަމު ރީޖަނަލް ހޮސްޕިޓަލަށް ގެންދެވިފައި ވެއެވެ.

"ލ. ގަމު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް މިރޭގެ 20:40 ހާއިރު ވަނީ ނިޔާވެފައި، މާތްﷲ މަރުހޫމްގެ  ފާފަ ފުއްސަވާ ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކުރައްވައި އާއިލާއަށް ކެތްތެރިކަން ދެއްވާށި. އާމީން."

އެމްއެންޑީއެފްއިން މީޑިއާ ގްރޫޕަށް ފޮނުވި މެސެޖްގައި ބުނެފައި ވެއެވެ.

ދުނިޔޭގެ އެހެން ބައެއް ގައުމުތަކުގައި މިޔަރުގެ ހަމަލާތައް އާންމުކޮށް ހިނގި ނަމަވެސް ރާއްޖޭގައި މިޔަރުގެ ހަމަލާތަށް މޫދުގައި އަމާޒުވެފައިވަނީ ވަރަށް މަދުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.