ރާއްޖެއާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކުރަން ހުށަނަޅާނަން: އިންޑިއާ

ރާއްޖެއާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކުރަން ހުށަނަޅާނަން: އިންޑިއާ

Author
އަހުމަދު
31 މެއި 2024 09:46
0

ރާއްޖެއާ އެކު ފްރީ ޓްރޭޑް އެއްބަސްވުން (އެފްޓީއޭ)އެއް ހަދަން އިންޑިއާ އިން ބޭނުންވާ ކަމަށާއި އެގައުމުން އިސްވެ އެ ހުށަހެޅުން ހުށަހަޅާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ދެއްކެވި ވާހަކަތައް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ދޮގުކޮށްފިއެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ތަރުޖަމާނު ރަންދިރް ޖައިސްވާލް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ވިދާޅުވީ އިންޑިއާ އިން ރާއްޖެއަށް އެފްޓީއޭ އެއް ގާއިމު ކުރަން ހުށަހެޅި ކަމަށް ރާއްޖޭގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު، މީޑިއާތަކުގައި ވިދާޅުވެފައިވާ ވާހަކަ އަޑު އެއްސެވި ކަމަށެވެ.

"މިހާތަނަށް އައިއިރު އެފަދަ ކަމެއް ހުށަހަޅާފައެއް ނުވޭ. އެކަމަކު ރާއްޖެ އިން އެފްޓީއޭއެއް ގާއިމު ކުރަން އުޅޭ ނަމަ، ހަމަ ޔަގީނުން ވެސް އެކަން ބަލާނަން،" ޖައިސްލާވް ވިދާޅުވިއެވެ.

ނަމަވެސް މިިދޔަ ހޮނިހިރު ދުވަހު އިކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވީ އިންޑިއާއާއެކު ބޭއްވި މަޝްވަރާތަކުގައި އެފަދަ އެއްބަސްވުމެއް އޮންނަން އިންޑިއާ އިން ބޭނުންވާކަން އެގައުުމުން ހާމަކޮށްފައިވާ ކަމަށެވެ.ސައީދު ވިދާޅުވި ގޮތުގައި މިނިވަން ވިޔަފާރީގެ އެއްބަސްވުންތައް ރާއްޖެއާ އެކުގައި ގާއިމު ކުރުމުގެ ފުރުސަތު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ދުނިޔޭގެ ހުރިހާ ގައުމުތަކަށް ވެސް ހުޅުއްވާލައްވައިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.