އަނިލް ގެ ބަދަލުގައި މާދަވަން

އަނިލް ގެ ބަދަލުގައި މާދަވަން

Author
ފާތިމަތު ނާވީ
30 މެއި 2024 04:02
0

މިހާރު ޝޫޓިންގ ފެށުމަށް ތައްޔާރު ވަމުން އަންނަ އަޖޭގެ ފިލްމް "ދޭ ދޭ ޕިޔާރު ދޭ 2″ އިން އަނިލް ކަޕޫރަށް ލިބުނު ރޯލު ދޫކޮށްލުމާ ގުޅިގެން، އެ ފިލްމަށް އާރް މާދްވަން ސޮއިިކޮށްފި އެެވެ.

މި ފިލްމުގެ ލީޑުން ފެނިގެން ގޮސްފައިވަނީ އަޖޭ ދޭވްގަން އާއި ރަކުލް ޕްރީތު ސިންގް އަދި ތަބޫއެވެ. މި ފިލްމް އަކީ ދަރިއެއްގެ އުމުރުގެ ކުއްޖާކާ ހިތާވެވޭ މީހަކަށް ކުރިމަތިލާން ޖެހޭ ކަންތައްތަކެއް މަޖާ ގޮތަކަށް ގެނެސް ދީފައިވާ ފިލްމެކެވެ.

މާދްވަން އަކީ މާޗްގައި ރިލީޒްކުރި އަޖޭގެ ސުޕަނެޗްރަލް ތުރިލާ "ޝައިތާން" ގައި ސިހުރުވެރިއެއްގެ ރޯލު ކުޅުނު އެކްޓަރެވެ. އެ ފިލްމުގައި އޭނަ ކުޅުނު ރޯލާ ހިލާފަށް "ދޭ ދޭ ޕިޔާރު ދޭ 2″ ގައި ކުޅޭނީ ލައިޓް-ހާޓެޑް ރޯލެކެވެ.

މިދިޔަ އަހަރު "ތޫ ޖޫޓީ، މޭ މައްކާރް" ގެނެސްދިން ޑައިރެކްޓަރު ލަވް ރަންޖަން ޕްރޮޑިއުސްކޮށް، 2019 ގައި ގެނެސްދިން ފިލްމުގެ ސްކްރިޕްޓް ވެސް މިހާރު ނިންމައި، އެ އިތުރަށް ޕޮލިޝްކުރަމުން އަންނަ ކަމަށް ވެސް ރިޕޯޓްތަށް ވަނީ ބުނެފައިއެވެ.

ޑައިރެކްޓަރ ލަވް ރަންޖަން ޕްރޮޑިއުސްކޮށް، އާކިވް އަލީ ޑައިރެކްޓްކޮށް ގެނެސްދިން "ދޭ ދޭ ޕިޔާރު ދޭ" އަކީ އާބަން ރޮމޭންޓިކް ކޮމެޑީއެކެވެ. މި ފިލްމް އަކީ ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބިގެން ދިޔަ ފިލްމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.