ނޭޕާލް މީހާ ރަހީނުކުރި މައްސަލާގައި ދޫކޮށްލި މީލާ އަލުން ހައްޔަރު ކޮށްފި

ނޭޕާލް މީހާ ރަހީނުކުރި މައްސަލާގައި ދޫކޮށްލި މީލާ އަލުން ހައްޔަރު ކޮށްފި

Author
ހުސައިން
29 މެއި 2024 09:35
0

ގެސްޓް ހައުސެއްގައި ނޭޕާލް ފިރިހެނަކު ރަހީނުކޮށްގެން ގެންގުޅުނު މައްސަލާގައި ހައްޔަރުކުރި 2 މީހުންގެ ތެރެއިން އެކަކު 10 ދުވަހަށް ބަންދުކޮށް، ދެވަނަ މީހާ ދޫކޮށްލާފައި ވަނިކޮށް ދޫކޮށްލި މީހާ ފުލުހުން ހައްޔަރު ކޮށްފިއެވެ.

ފުލުހުން ކުރިން ބުނެފައިވަނީ ހައްޔަރުކުރި ދެ މީހުންގެ ތެރެއިން އެކަކު ދޫކޮށްލާފައިވަނީ ހަމަ އެރޭ ކަމަށާއި، އަނެއް މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، އޭނާގެ ބަންދަށް ކޯޓުން 10 ދުވަސް ޖަހާފައިވާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި އޭނާ ހައްޔަރުކޮށްގެން ގެންގުޅެފައިވަނީ މާފަންނުގައި ހުންނަ ވީބީ މާޓް ގޯޅި ތެރޭގައި ހުންނަ ގެސްޓް ހައުސްއެއް ތެރޭގައެވެ. ނޭޕާލުގެ ފިރިހެންމީހާ ރަހީނު ކޮށްފައިވަނީ ބަންގަލަދޭޝްގެ ބަޔަކު ގުޅިގެންނެވެ.

ފުލުހުން ބުނެފައިވަނީ، އެ މައުލޫމާތު ލިބުމާއި އެކީ ފުލުހުންގެ ފުލުހުންގެ އެންޓް ހިއުމަން ޓްރެފިކިން ޑިޕާޓްމެންޓުގެ އިންވެސްޓިގޭޓަރުން އަދި ކްރައިމް ސީން އޮފިސަރުން އެސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔަ ކަމަށެވެ. އަދި ރަހީނުކޮށްފައިވާ މީހާ ސަލާމަތް ކޮށްފައިވާ ކަމަށާއި އޭނާގެ ހާލު ވެސް ރަނގަޅު ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ފުލުހުން ބުނެފައިވަނީ، އެމައްސަލައާއި ގުޅިގެން ދެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެ ދެ މީހުންނަކީ ބަންގްލަދޭޝްގެ ދެ ފިރިހެނުން ކަމަށް ވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މިމައްސަލައާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.