2009 ވަނަ އަހަރު ޑައިރެކްޓަރު އަމްޖަދު އިބްރާހީމް (އަމްޖޭ) ގެެނެސްދިން އަދި އޭނާގެ ކެރިއަރުގެ އެންމެ ކާމިޔާބު ފިލްމު ކަމަށްވާ "އުދަބާނި" ފިލްމްގެ ދެވަނަ ބައ "އުދަބާނި 2″ ރިލިޒް ކުރާ ތާރީހް އިއުލާން ކޮށްފިއެވެ.
މިހާރު ބުކިންގ އަށް ވެސް ހުޅުވައިލައިފައިވާ މި ފިލްމް ރިލީޒް ކުރުމަށް ނިންމައިފައި ވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހު 15 ގައިއެވެ. މި ފިލްމް އަކީ ލޯބީގެ ބިރުވެރި ފިލްމްއެކެވެ.
"އުދަބާނި"ގެ ލީޑުން ފެނިގެންދިއައީ ޔޫސުފް ޝަފީއު (ޔޫއްޕެ) އާއި އާމިރާ އިސްމާއީލްގެ އިތުރުން ހާމިދެވެ. ހާމިދު އަކީ އުދަބާނީގެ ޕްރޮޑިއުސަރު ވެސް މެއެވެ. 2009 ވަނަ އަހަރުގެ މި ފިލްމް އަކީ ލިޔުންތެރިޔާ މުހައްމަދު ގާސިމުގެ ވާހަކަ އަކަށް ބިނާކޮށް ހެދި ފިލްމްއެކެ ވެ.
ނަމަވެސް "އުދަބާނި 2″ ގެ ލީޑުން ފެނިގެންދާނީ ކޮންތަރިންނެއް ކަމެއް މިހާތަނަށް އައި އިރުގައިވެސް ހާމަކޮށްފައިއެއް ނުވެއެވެ. މި ފިލްމުގެ ޕްރޮޑިސަރުންނަކީ ކާމިޔާބު ފިލްމު "ލޯބިވެވިއްޖެ" ގެ ޕްރޮޑިއުސަރު ޝާނިޒް އަލީ އަދި ހުސެން މުނައްވަރު އެވެ.
އަމްޖޭ އެންމެ ފަހުން ގެނެސްދިން ފިލްމް އަކީ 2018 ގެ ބިރުވެރި ފިލްމު "ރޭވުމުން" އެވެ.