ކަންގަނާގެ ކެމްޕޭނުގައި މޯދީ ބައިވެރިވެއްޖެ

ކަންގަނާގެ ކެމްޕޭނުގައި މޯދީ ބައިވެރިވެއްޖެ

Author
ފާތިމަތު ނާވީ
28 މެއި 2024 07:37
0

އިންޑިއާގެ ގާނޫނު ހަދާ މަޖިލިސް ލޮކް ސަބާއަށް ވާދަކުރާ ބޮލީވުޑްގެ ހުނަރުވެރި ބަތަލާ ކަންގަނާ ރަނާވަތުގެ ކެމްޕޭންގައި ބޮޑުވަޒީރު ނަރެންދުރާ މޯދީ މިއަދު ބައިވެރިވެޑައިގެންފި އެެވެ.

ކަންގަނާ އަކީ ވަރަށް ބޮޑަށް މޯދީއަށް ސަޕޯޓުކުރާ ބަތަލާއެކެވެ. އޭނާ އިނތްިހާބުގައި ވާދަކުރަނީވެސް ވެރިކަން ކުރާ ޕާޓީ ބީޖޭޕީގެ ޓިކެޓްގައިއެވެ. ކަންގަނާ ވާދަކުރަނީ އޭނަގެ އުފަން ސްޓޭޓް ކަމަށްވާ ހިމާޗަލް ޕްރަދޭޝްގެ މަންޑީ ދާއިރާގެ ގޮނޑިއަށެވެ.

މޯދީ ވަނީ އެދާއިރާއަށް މިއަދު ވަައިގަންނަވާފައިއެވެ. އަދި ކަންގަނާގެ ކެންޕޭންޓީމުން ވަނީ މޯދީއަށް ވަރަށް ހޫނު މަރުހަބާއެއް ކިޔައިފައިއެވެ. އަދި މިކެމްޕޭން އެއްވުމުގައި މޯދީ ވަނީ ކަންގަނާއަށް ވޯޓު ދިނުމަށް އެދިވަޑައިގަންނަވައިފައިއެވެ.

 

View this post on Instagram

 

A post shared by Kangana Ranaut (@kanganaranaut)

ކަންގަނާ ބުނެފައިވާ ގޮތުގައި އޭނަ އަށް ގޮނޑި ކާމިޔާބު ކުރެވޭނެކަމުގެ އުންމީދު ވަރަށް ބޮޑެވެ. އަދި ގޮނޑި ލިބިއްޖެ ނަމަ ފިލްމީ މަސައްކަތްތަކާ ދުރުވެ، ސިޔާސީ މަސައްކަތްތަކަށް އެއްކޮށް ހުސްވާނެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.